ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސުޕްރީމް ކޯޓު -- ފޮޓޯ: އަދަދު

ސުޕްރީމް ކޯޓު -- ފޮޓޯ: އަދަދު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ، އެ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށެވެ. އެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ މީހުންނަށް ޖޭއެސްސީގެ ފަހިރެސް ޕޯޓަލް އިން ނުވަތަ އެ ކޮމިޝަނުގެ ކައުންޓަރަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އެ އިއުލާނުގައި ބުންޏެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެއްޗާއި އިތުރު މައުލޫމާތު އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި މިވަނީ، އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި، އަލީ ރަޝީދު ހުސެއިން އެ މަގާމުން ރިޓަޔާކުރެއްވުމަށް ހުށާހެޅުއްވުމާ ގުޅިގެންނެވެ. ނަމަވެސް، އޭނާގެ ރިޓަޔާމެންޓާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން ވަކި އެއްޗެއް އަދި، ހާމައެއް ނުކުރެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަލީ ރަޝީދު ވަކިވުމާއެކު، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން، ބަދަލުނުވެ ތިއްބަވާނީ ފަނޑިޔާރު އާއިޝަތު ޝުޖޫން އާއި ޑރ. މުހައްމަދު އިބްރާހިމް އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

އާންމު ރައްޔިތުންނަށް ސައީދު ކުރެއްވީ މަލާމާތް: މީކާއިލް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން، މިނިސްޓަރު މަޖިލީހަށް ވަޑައިގެން ރައްޔިތުންނަށް މަލާމަތް ކުރެއްވި ކަމަށާއި އިގްތިސާދީ ދަތިތަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ ނުފޫޒާއި ރިޝްވަތު ބޭނުންކޮށްގެން ކަންކަން ނިންމުމަށް ކަމަށް މީކައިލް ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox