ބާޒާރުގައި ކޮޕީ ފަތް އަދި ލެޓިއުސް ތިޔާގިވެ އަގު ވެއްޓިއްޖެ

ބާޒާރުގައި ގޮޅިއެއް ހިންގާ މީހަކު ކޮޕީފަތް ބޮނޑި ހަދަނީ: ބާޒާރުގައި ކޮޕީފަތް ވަނީ ވަރަށް ބޮޑަށް ތިޔާގިވެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ބާޒާރުގައި ގޮޅިއެއް ހިންގާ މީހަކު ކޮޕީފަތް ބޮނޑި ހަދަނީ: ބާޒާރުގައި ކޮޕީފަތް ވަނީ ވަރަށް ބޮޑަށް ތިޔާގިވެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކޮޕީފަތް އަދި ލެޓިއުސް ވަރަށް ބޮޑަށް ތިޔާގިވެ އަގު ވެއްޓިއްޖެ އެވެ.

މާރުކޭޓުގެ ކޮންމެ ގޮޅިއެއްގައިހެން މިއަދު ކޮޕީފަތް ލިބެން ހުރިއިރު ހަތަރު ފަތުގެ ކޮޕީ ފަތް ބޮނޑިއެއް ލިބެން ހުރީ 15ރ. އަށެވެ. ނަމަވެސް އިއްޔެ ތިން ފަތުގެ ކޮޕީ ފަތް ބޮނޑިއެއްގެ އަގު ހުރީ 20ރ. އަށެވެ.

ބާޒާރުގައި ލެޓިއުސް ލިބެން ހުރީ އެކި އަގަށްކަން ފާހަގަކުރެވެ އެވެ. ގިނަ ގޮޅިތަކުގައި ލެޓިއުސް ކިލޯއެއް ވިއްކަމުން ދިޔައީ 50ރ. އާއި 80ރ. އަށެވެ. އެކަމަކު ލެޓިއުސް ކިލޯއެއް 100ރ. އަށް ވުރެ މަތިން ދެ ގޮޅިއަކުން ވިއްކަމުންދިޔަކަން ފާހަގަކުރެވެ އެވެ.

ބާޒާރުގައި އެންމެ ތަދު އެއްޗެހީގެ ތެރޭގައި ކާށި ފާހަގަކޮށްލެވެ އެވެ. އެގޮތުން ބައެއް ގޮޅިތަކުގައި ކާށި ލިބެން ހުރީ ކާއްޓެއް 35ރ. އާއި 40ރ. އާ ދެމެދު އެވެ.

މޭވާގެ ބާވަތްތަކަށް ބަލާއިރު ޖުމްހޫރީ މޭވާ (ޕެޝަން ފުރުޓު) ކިލޯއެއް ބާޒާރުގައި ހުރީ 120ރ. ގައި ހިފެހެއްޓިފަ އެވެ. އަދި ރޯ ކަދުރު ކިލޯއެއްގެ އަގު ވެސް ހުރީ 300ރ. ގައި ހިފެހެއްޓިފަ އެވެ.

ބާޒާރުގައި ގޮޅިއެއް ހިންގާ މީހަކު ކޮޕީފަތް ބޮނޑި ހަދަނީ: ބާޒާރުގައި ކޮޕީފަތް ވަނީ ވަރަށް ބޮޑަށް ތިޔާގިވެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ބާޒާރުގައި ގޮޅިއެއް ހިންގާ މީހަކު ކޮޕީފަތް ބޮނޑި ހަދަނީ: ބާޒާރުގައި ކޮޕީފަތް ވަނީ ވަރަށް ބޮޑަށް ތިޔާގިވެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ބާޒާރުގައި ގޮޅިއެއް ހިންގާ މީހަކު ކޮޕީފަތް ބޮނޑި ހަދަނީ: ބާޒާރުގައި ކޮޕީފަތް ވަނީ ވަރަށް ބޮޑަށް ތިޔާގިވެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކަރާ ކިލޯއެއްގެ އަގު އިއްޔެ 20ރ. އާއި 25ރ. އަށް ހުރި ނަމަވެސް މިއަދު ބާޒާރުގައި ކަރާ ކިލޯއެއް ލިބެން ހުރީ 25ރ. އާއި 30ރ. އާ ދެމެދު އެވެ.

އެކަމަކު އާފަލުގެ އަގު 5ރ. އިން 6ރ. އަށް މިއަދު ހުރީ އުފުލިފަ އެވެ. އޮރެންޖު ލިބެން ހުރީ 5ރ. އަށެވެ. މިދިޔަ ރޯދަ މަހު އާފަލާއި އޮރެންޖުގެ އަގު އުފުލެމުން ގޮސް 12ރ. އަށް ވެސް އެރި އެވެ.

ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު 45ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގައި ލިބެން ހުރިއިރު ކެބެޖް ކިލޯއެއްގެ އަގު ހުރީ 30ރ. އަށެވެ. ކެޕްސިކަމް ކިލޯއެއްގެ އަގު 80ރ. އަށް ހުރިއިރު ބީންސް ކިލޯއެއްގެ އަގު ހުރީ 90ރ. އަށެވެ. އަދި ލީކްސް ކިލޯއެއްގެ އަގު ހުރީ 85ރ. އަށެވެ.

މަހުގެ އަގުތަކަށް ބަލާއިރު ކަނޑު މަހާއި ކަންނެލީގެ އަގު ހުރީ މިއަދު ވެސް 30ރ. އާއި 35ރ. އާ ދެމެދު އެވެ. ނަމަވެސް މުށި މަހުގެ އަގު އުފުލި މިއަދު އެންމެ މަހެއް ވެސް ލިބެން ހުރީ 10ރ. އަށެވެ. އިއްޔެ ބާޒާރުގައި ތިން މުށިމަސް 15ރ. އަށްް ލިބުނެވެ.

ބާޒާރުގައި ހުރި ވަޅޯމަހުގެ އަގުތަކަށް ބަލާއިރު މިއަދު ވެސް ކިލޯއެއް ލިބެން ހުރީ 80ރ. އަށްވުރެ މަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox