ދަނޑުވެރިކަން ކުރަން ދޫކޮށްފައި އޮތް މާރިކިލުން މަސްތުވާތަކެއްޗާއެކު ނުވަ މީހުން ހައްޔަރުކޮށްފި

ބ. މާރިކިލުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު: މި މައްސަަލައިގައި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއް ފެނުނު ކަމަށް ފުލުހުން ބުނޭ --- ފޮޓޯ: އަދަދު

ބ. މާރިކިލުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު: މި މައްސަަލައިގައި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއް ފެނުނު ކަމަށް ފުލުހުން ބުނޭ --- ފޮޓޯ: އަދަދު

ދަނޑުވެރިކަން ކުރަން ސަރުކާރުން ދޫކޮށްފައި އޮތް ބ. މާރިކިލުން މަސްތުވާތަކެއްޗާއެކު އަންހެނަކާއި އަށް ފިރިހެނުން ހައްޔަރުކޮށްފި އެވެ.

ފުލުހުން އާންމުކުރި މައުލޫމާތުގައި ބުނީ މިއީ މި އޮޕަރޭޝަން ހިންގީ އެ ހިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރީ؛

  • މަރިޔަމް ރިފާއު، 25، ދިގުވާނޑު، ހޮލެންޑް، ޏ. ފުވައްމުލަށް
  • އަލްހާން ރަޝީދު، 49، މ. ޖަވާހިރުވާދީ، މާލެ
  • އަބްދުލް މުހްސިން ހަސަން، 65، ވަފާ، ރ. އިނގުރައިދޫ
  • ކުމަރެސަން ޗިންނައިއަ، 20، އިންޑިއާ
  • ދިނޭޝް ސައްމިޔައްޕަން، 29، އިންޑިއާ
  • އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، 39، ސްރީލަންކާ
  • ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، 46، ސްރީލަންކާ
  • މުހައްމަދު މަސްއޫދު، 46، ބަންގްލަދޭޝް
  • ސަބެޝަން ނަހާރަޖަ، 31، ސްރީލަންކާ

ފުލުހުން ބުނީ މި އެންމެންވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

Advertisement

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި މަސްތުވަތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އާދިއްތަ ދުވަހު އެ ރަށަށް އަރާ ފުލުހުން ހިންގި އޮޕަރޭޝަނުގައި 162 ދަޅާއި ފަސް ފުޅީގެ ބަނގުރަލާއި 12.8 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މަސްތުވާތަކެތީގެ ބާވަތެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެން ކަމަށެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެތެރެއިން އަބްދުލް މުހްސިން ހަސަން ފިޔަވާ އެހެން އެންމެންގެ ބަންދަށް 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ. ކޯޓުން މުހުސިން ދޫކޮށްލީ ޝަރުތުތަކަކާއެކު އެވެ.

ދަނޑުވެރިކަމަށް ދޫކޮށްފައިވާ މި ރަށުގައި އެ މަސައްކަތް ކުރަމުންދާކަން ސެޓްލައިޓް ފޮޓޯތަކުން ފެނެ އެވެ. އަދި، ދަނޑުވެރިކަމުގެ މަސައްކަތް ހިނގާ ގޮތް ބެލުމަށް އެކަމާ ގުޅޭ ވުޒާރާއިން ނޮވެމްބަރު 2024 ގައި އެ ރަށަށް ޒިޔާރަތްކުރި ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox