މަންމަގެ ވަކިވުމުން އަރައިގަންނަން ވުޑްސް އަށް ވަގުތު ނަގާނެ

Feb 11, 2025, 6:27 AM
މަންމަގެ ވަކިވުމުން އަރައިގަންނަން ވުޑްސް އަށް ވަގުތު ނަގާނެ

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ފެބްރުއަރީ 11) - މި ހަފްތާގައި ފަށާ ޖެނެސިސް އިންވިޓޭޝަނަލް ގޯލްފް މުބާރާތުގައި ވާދަކުރަން ކުރި ނިންމި ނަމަވެސް، މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަންމަ މަރުވުމާ ގުޅިގެން، އާއިލާ އަށް ވަގުތު ދޭން ނިންމައި، ޓައިގާ ވުޑްސް ޖެނެސިސް މުބާރާތުން ވަކިވެއްޖެ އެވެ.

ވުޑްސް، 49، ގެ މަންމަ ކުލްޓިޑާ މަރުވީ، މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ވުޑްސްގެ ބައްޕަ މަރުވީ، 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން، ވުޑްސްގެ ކެރިއަރުގެ އެންމެ ބޮޑު އެހީތެރިއަކީ، ތައިލެންޑަށް އުފަން އޭނާގެ މަންމަ، ކުލްޓިޑާ އެވެ.

ގޯލްފްގެ މޭޖާ ޗެމްޕިއަންކަން، 15 ފަހަރު ހޯދި ވުޑްސް އެންމެ ފަހުން އެ މުބާރާތް ކާމިޔާބުކުރީ، 2019 ވަނަ އަހަރު އެވެ. އެ ފަހަރު އެ މުބާރާތް ކާމިޔާބުކުރުމަށް ފަހު، ވުޑްސް ބުނެފައިވަނީ، އެކަން ހާސިލްކުރެވުނީ އޭނާގެ އެންމެ ބޮޑު ސަޕޯޓަރު، މަންމަ، ކުލްޓިޑާގެ އެހީއާ އެކު ކަމަށެވެ.

"އަހަރެން ކުރިން ވިސްނީ މި ހަފްތާގައި އެނބުރި އާދެވޭ ވަރަށް ހާލަތު ބަދަލުވާނެ ކަމަށް، އެކަމަކު، އަދި މުބާރާތެއް ކުޅޭކަށް އަހަރެން ތައްޔާރެއް ނޫން، އަހަރެން ބޭނުންވި މި މުބާރާތުގައި ކުޅެން، ޔަގީން އެ ގޮތަށް ކަން އަހަރެންގެ މަންމަ ވެސް އެދޭނީ، އެކަމަކު، އަހަންނަށް އަދިވެސް މި އުޅެނީ، މަންމަގެ މި ވަކިވުމުން އަރައިނުގަނެވިގެން،" ވުޑްސް ބުންޏެވެ.

ޕްރޮފެޝަނަލް ގޯލްފް އެސޯސިއޭޝަން (ޕީޖީއޭ) ޓުއާގެ މުބާރާތެއްގައި އެންމެ ފަހުން ވުޑްސް ކުޅެފައިވަނީ، މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. މީގެ ހަތަރު އަހަރު ކުރިން، 2021 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގައި، ލިބުނު އަނިޔާތަކުގެ ސަަބަބުން، ވުޑްސް ގަވާއިދުން މުބާރާތްތަކުގައި ނުކުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox