ރާއްޖެ މެޗުގެ ކަންތަކާ ގުޅިގެން އޭއެފްސީން ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާކޮށްފި

Oct 13, 2026, 10:47 AM
ސްރީ ލަންކާގެ އެސިސްޓަންޓް ކޯޗު، އިމްރާން، ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ

ސްރީ ލަންކާގެ އެސިސްޓަންޓް ކޯޗު، އިމްރާން، ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ

މިޔަންމާގައި ކުރިއަށްދިޔަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެ އަތުން 4-0 އިން ބަލިވި މެޗަށް ފަހު، ރާއްޖެއާ މެދު އިހުތިރާމް ކުޑަކޮށް ބޭއަދަބީ އިބާރާތްތައް ބޭނުންކޮށްގެން ވާހަކަ ދެއްކި ސްރީ ލަންކާ ޓީމުގެ އެސިސްޓަންޓް ކޯޗު، މުހައްމަދު އިމްރާން، 5000 ޑޮލަރުން ޖޫރިމަނާކުރަން އޭއެފްސީން ނިންމައިފި އެވެ. 

ކޮލިފައިންގައި އެކަން ހިނގުމާ އެކު، އިމްރާންއާ މެދު ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެސްއެލް) އިން ފިޔަވަޅު އެޅި އެވެ.  އެއީ، ވަގުތުން ޓީމުން ބޭރުކުރީ އެވެ. 

ލަންކާ އަތުން ރާއްޖެ 4-0 އިން މޮޅުވި މެޗަށް ފަހު، އިމްރާން އާއި ރާއްޖޭގެ ކުޅުންތެރިންނާ މެދު ވާހަކަތަކެއް ހިނގައިދިޔަ ފަހުން، އިމްރާން އަޑުގަދަކޮށް، ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ދިމާލަށް، ރާއްޖެ އަށް ނިސްބަތްކޮށް ބޭއަދަބީ އިބާރާތްތައް ބޭނުކޮށް، އިހުތިރާމް ކުޑަކޮށް ވަނީ ވާހަކަ ދައްކައިފަ އެވެ. 

އޭނާ ވާހަކަ ދެއްކިއިރު، އިބާރާތްތައް ބޭނުކޮށްފައި ހުރީ، މިދިޔަ މާޗް މަހު ރާއްޖެ އަތުން މާލޭގައި ކުރިއަށްދިޔަ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ސްރީ ލަންކާ 3-2 އިން މޮޅުވި މެޗަށް އިޝާރާތްކޮށެވެ. އެ މެޗުގައި ރާއްޖެ ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ސްރީ ލަންކާ މޮޅުވީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. 

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވެސް އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އިމްރާންގެ ފަރާތުން ފެނިގެންދިޔަ އަހުލާގީ ގޮތުން ދަށްފެންވަރުގެ ކަންތައްތަކުގެ ސަބަބުން އެކަމާ މާޔޫސްވާކަން ސޯޝަލް މީޑިއާގައި ސްރީ ލަންކާ ސަޕޯޓަރުންގެ ފަރާތުން ވެސް ފެނިގެންދިޔަ އެވެ. 

ސްރީ ލަންކާގެ ފުޓްބޯޅަ ރައީސް ޖަސްވާރު އުމަރު އާއި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ލީޑަޝިޕުން، 20 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗު، އިމްރާން އަށް ފިޔަވަޅު އަޅަން ނިންމީ އަހުލާގީ ގޮތުން އެ ފަދަ ކަމެއް ފެންނަ ކޯޗަކަށް ފުރުސަތެއް ނެތް ކަމަށް ބުނެ އެވެ. އަދި، ހާއްސަކޮށް ޒުވާން އުމުރުގެ ކުޅުންތެރިންނާ ހަވާލުވެ ހުރި ކޯޗެއްގެ ފަރާތުން އެ ފަަދަ ކަމެއް ފެނުން އެއްވެސް ގޮތަކަށް ބަަލައިނުގަނެވޭނެ ކަމަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ. 

ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ދެ އަހަރަށް އިމްރާން ސަސްޕެންޑްކުރަން ވާހަކަ ދައްކަމުންނެވެ. އަދި، އޭއެފްސީން އިމްރާން އަށް ދީފައިވާ އަދަބާ ގުޅިގެން، އެޕީލްކުރަން ލިބިފައި އޮތް ފުރުސަތު ވެސް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. 

ރާއްޖެ އާއި ސްރީ ލަންކާ އިން ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިމްރާން ބުނީ، ފުޓްބޯޅައިގައި ރާއްޖެ އާއި ސްރީ ލަންކާގެ ވާދަވެރިކަން ފެންނަނީ ކްރިކެޓްގައި އިންޑިއާ އާއި ޕާކިސްތާން ކަހަލަ ގޮތަކަށް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox