އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

Oct 13, 2026, 11:00 AM
ތަޖުރިބާކާރު ފޯވާޑް، އޮލިވިއޭ ޖިރޫ

ތަޖުރިބާކާރު ފޯވާޑް، އޮލިވިއޭ ޖިރޫ

ޕެރިސް (އޮކްޓޫބަރު 13) - އެމެރިކާ އަކީ ފުޓްބޯޅައިގެ މާ ބޮޑު ތަފާތެއް އޮތް ގައުމެއް ނޫން ކަމަށް ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް، އޮލިވިއޭ ޖިރޫ ބުނެފި އެވެ. 

ފްރާންސްގެ ލިލް އަށް މިހާރު ކުޅެމުން އަންނަ 40 އަހަރުގެ ފޯވާޑް، ޖިރޫ ވަނީ، އެއް ސީޒަނުގައި އެމެރިކާ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި ލޮސް އެންޖެލްސް އެފްސީ (އެލްއޭ އެފްސީ) އަށް ކުޅެފަ އެވެ. އެ ކްލަބްގައި ދިގު މުއްދަތަކަށް މަޑުނުކުރި ސަބަބު ޖިރޫ ވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ހިއްސާކޮށްފަ އެވެ. 

"އަހަރެންގެ ތަޖުރިބާގައި ބުނާނީ އެމެރިކާ އަކީ ފުޓްބޯޅައިގެ ތަނެއް ނޫނޭ. ޔޫރަޕްގައި މި ހުންނަ ޖޯޝާއި ފޯރި ނޫނީ މެޗަށްޓަކައި އެ ހުންނަ ހާއްސަކަން އަހަންނަށް އެމެރިކާ އިން ނުފެނުނު. އެހެންވެ، މި ބުނަނީ އަަަހަންނަށް ފުޓްބޯޅައިގެ ވިސްނުމުގައި އެމެރިކާއާ މެދު ދެއްކޭނެ މާ ބައިވަރު ވާހަކައެއް ނެތް،" ޖިރޫ ބުންޏެވެ.

Advertisement

"ހަގީގަތަކީ އެމެރިކާގައި ފުޓްބޯޅަ އަށް ދޭ ސަމާލުކަން ކުޑަވުމުން، އޭގެ އޮންނަނީ ފައިސާގެ ވިސްނުން، ޕެޝަން އެއް ނެތް،" 

ޖިރޫ ބުނީ، މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ފަހު ސީޒަން ކަމަށެެވެ. 

ޖިރޫ ވިދާލީ، ފްރާންސްގެ މޮންޕެލިއޭގައި ހުއްޓައި، 2012 ވަނަ އަހަރު އާސެނަލަށް ގެންދިޔަ ހިސާބުންނެވެ. އޭގެ ފަހުން، 2018 އަހަރާ ހަަމައަށް އާސެނަލަށް ކުޅުމަށް ފަހު، ދެން ބަދަލުވީ ޗެލްސީ އަށެވެ. ޗެލްސީގައި ތިން އަހަރު ކުޅުނެވެ. ދެން، ބަދަލުވީ، 2021 ވަނަ އަހަރު އޭސީ މިލާނަށެވެ.

މިލާން ދޫކޮށް، އެލްއޭ އެފްސީއާ ގުޅުނު ޖިރޫ އެއް ސީޒަނުގައި އެ ޓީމަށް ކުޅެ، ލިލް އަށް ބަދަލުވި އެވެ. 

ފްރާންސް ގައުމީ ޓީމުން ދެ އަހަރު ކުރިން ރިޓަޔާކުރި ޖިރޫ އަކީ އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. ޖިރޫ، އެންމެ ފުރަތަމަ ފްރާންސަށް މެޗެއް ކުޅުނީ 2011 ވަނަ އަހަރު އެވެ. ފްރާންސަށް ކުޅެދިން 131 މެޗުން އޭނާ ވަނީ 57 ލަނޑު ޖަހައިފަ އެވެ. ޖިރޫގެ ލަނޑު ޖެހުމުގެ ރެކޯޑް މިހާރު އޮތީ ކީލިއަން އެމްބާޕޭ އަތުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox