އިންޒާރަށް ބެލުމެއް ނެތި "ބަހުލޫލު" ވެސް ލިޔެ ދިއްދޫގައި ބެނާތައް ދަމައިފި

ދިއްދޫ ބަނދަރުމަތީގައި ދަމާފައިވާ ބެނާއެއްގައި "ދިވެހީންގެރާއްޖެ ވެރިޔަކަށް އިސްކުރެވުނީ ބަހުލޫލެއް" ކަމަށް ލިޔެފައި.

ދިއްދޫ ބަނދަރުމަތީގައި ދަމާފައިވާ ބެނާއެއްގައި "ދިވެހީންގެރާއްޖެ ވެރިޔަކަށް އިސްކުރެވުނީ ބަހުލޫލެއް" ކަމަށް ލިޔެފައި.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ދިއްދޫގައި ޝުއޫރު ފާޅުކޮށްފާނެތީ އިންޒާރު ދީފައި ވަނިކޮށް، އެ ރަށު އެމްޑީޕީގެ މެންބަރުން، ސަރުކާރާ ދެކޮޅު ޝުއޫރު ލިޔެފައިވާ ބެނާތައް ރޭ ދަމައިފި އެވެ.

އެ ބެނާތަކުގެ ތެރޭގައި "ދިވެހީންގެރާއްޖެ ވެރިޔަކަށް އިސްކުރެވުނީ ބަހުލޫލެއް" ކަމަށް ލިޔެފައިވާ ބެނާއެއް، ބަނދަރު މަތީގައި ދަމާފައިވެ އެވެ. އެ ބެނާ ހުރީ މިއަދު ރައީސް މުއިއްޒު ދިއްދޫ އަށް ވަޑައިގަންނަވާތީ މަރުހަބާ ކިޔުމަށް ހަދާފައިވާ ގިޑިގޭގެ ތެރެއިން ރަށުތެރެއަށް އަންނައިރު މޫނުޖެހޭ ގޮތަށެވެ.

"ބަހުލޫލު" މަޝްހޫރު ވެގެން ދިޔައީ، ޑިސެންބަރު 10، 2024 ގައި މާލޭގެ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ހުށަހަޅައިދިން "ތީ ބަހުލޫލެކޭ" ލަވަޔަށް ފަހު އެވެ.

އެ ލަވައިގެ މައްސަލަ ތަހުގީގުކުރަން ނިންމައި، ޔަޝްފާ ޕޮލިހަށް ހާޒިރުވުމަށް ޑިސެމްބަރު 18 ގައި ފުލުހުން ޗިޓު ފޮނުވި އެވެ. ނަަމަވެސް ފާޑުކިޔުން އަމާޒުވުމުން، އެ ޗިޓު ކެންސަލްކުރި އެވެ.

ބަހުލޫލުގެ މާނައަކީ މަކަރުވެރިޔާ، ހީލަތްތެރިޔާ އެވެ.

ރައީސް މުއިއްޒަށް މަރުހަބާ ކިޔުމަށް ދިއްދޫ ބަނދަރު މަތި، ގައުމީ ދިދަ އާއި ގައުމީ ކުލަތައް ކަމުގައިވާ، ފެއްސާއި ރަތާއި ހުދުން ޒީނަތްތެރިކޮށްފައި ވާއިރު، އެމްޑީޕީގެ މެންބަރުން ނުކުމެ ދެމީ ރައްޔިތުންނަށް ވީ ވައުދުތައް ހަނދާންކޮށް ދިނުމާއި ސަރުކާރާ ދެކޮޅު ޝުއޫރު ލިޔެފައިވާ ފޮތިގަނޑުތަކެވެ.

ދިއްދޫގައި ދަމާފައިވާ ބެނާއެއް
ދިއްދޫގައި ދަމާފައިވާ ބެނާއެއް

ދިއްދޫގައި ދަމާފައިވާ ބެނާއެއް

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ދިއްދޫއަށް ވީ ވައުދުތައް

  • ބިން ހިއްކައިގެން އެއާޕޯޓެއް އެޅުން
  • ރައްޔިތުން އެދޭ ގޮތަށް މަގުތައް ހެދުން
  • ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކުރުން
  • ބައިނަލްއަގުވާމީ މެޗްތައް ކުޅެވޭނެ ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެޅުން
  • ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުން

މި ވައުދުތަކުގެ ތެރެއިން ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަޝްރޫއު ފަށާނެ ދުވަހެއް ނޭނގޭތީ، "ދިއްދޫ އެއާޕޯޓު ވާނުވާގައި" ލިޔެފައިވާ ބެނާއެއް ދަމާފައިވެ އެވެ.

ދިއްދޫއަށް ވީ އެންމެ ބޮޑު ދެ ވައުދުކަމުގައިވާ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫއު މި އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގައި ވެސް ހިމަނާފައެއް ނުވެ އެވެ.

ހއ. އަތޮޅަށް ރައީސް މުއިއްޒު މިއަދު ފަށްޓަވާއި ދަތުރު ނިންމާލާނީ ބުރާސްފަތި ދުވަހު އެވެ. މި ދަތުރުގައި އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގަންނަވާ ކަމަށް ވަނީ އެނގިފަ އެވެ.

ދިއްދޫގައި ރައީސް މުއިއްޒު އާ ދެކޮޅަށް ހިޔާލުފާޅުކޮށްފާނެތީ، އެފަދަ ކަމެއް ނުކުރުމަށް އެ ރަށުގެ ކައުންސިލުން އެދިފައިވެ އެވެ. އަދި އެރަށުގެ އެމްޑީޕީގެ މެންބަރުން އިއްޔެ ބެނޭތައް ތައްޔާރުކުރަން ތިއްބައި، އެތަނަށް ފުލުހުން ވަދެ އިންޒާރު ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox