"ބަހުލޫލެކޭ" ލަވަ ކީ ޔަޝްފާ ޕޮލިހަށް ހާޒިރު ކުރަނީ

ޑިސެމްބަރު 10, ގައި ބޭއްވި ޖަލްސާގައި ޔަޝްފާ ވާހަކަ ދައްކަނީ. އޭނާ ފުލުހަށް ހާޒިރުކުރަނީ އެމްޑީޕީގެ ޖަލްސާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް ބުނި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ޑިސެމްބަރު 10, ގައި ބޭއްވި ޖަލްސާގައި ޔަޝްފާ ވާހަކަ ދައްކަނީ. އޭނާ ފުލުހަށް ހާޒިރުކުރަނީ އެމްޑީޕީގެ ޖަލްސާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް ބުނި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި "ތީ ބަހުލޫލެކޭ" ލަވަ ކީ ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ޕޮލިހަށް ހާޒިރު ވާން އަންގައިފި އެވެ.

ޔަޝްފާ މިއަދު "އަދަދު" ނޫހަށް ވިދާޅުވީ އޭނާ ހާޒިރުވާން އެންގީ ފޯނުން ގުޅާފައި ކަމަށާއި، މިއަދުގެ ވަގުތެއްގައި ޗިޓު ހަވާލު ކުރާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.

"ފުރަތަމަ ގުޅީ ދުވާފަރު ފުލުހުން. އަހަރެން ބުނިން ކޮން ކަމަކާހޭ. ހާޒިރު ކުރަނީ ކޮން ކަމެއްގައި ކަމެއް އެ ކޮޅުން ނުބުނި. ދެން ގުޅީ މާލެއިން، އަޅުގަނޑު ގާތު ބުނީ ޖަލްސާގައި ދެއްކި ވާހަކައަކާ ގުޅިގެން ކުރެވޭ ތުހުމަތެއްގައި ކަމަށް،" ޔަޝްފާ ވިދާޅުވި އެވެ.

Advertisement

ޔަޝްފާ މަޝްހޫރު ވެގެން ދިޔައީ ނޮވެންބަރު 11، ގައި އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ވާހަކަ ދައްކަމުން ކީ ބަންޖަކަށް ފަހު އެވެ.

އެއަށް ފަހު "ތީ ބަހުލޫލެކޭ" ލަވަ އޭނާ ހުށަހެޅީ "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގަ އެވެ.

ރީތި ރާގަކަށް ޔަޝްފާ ހުށަހެޅި "ތިއީ ބަހުލޫލެކޭ، ތިއީ ޝައިތާނެކޭ، މަށާ ކައިރި ނުވާށޭ، މަށާ ކައިރި ނުވާށޭ" ލަވަ ވަރަށް ބޮޑަށް ވައިރަލް ވެގެންދިޔަ އެވެ.

މި ސަރުކާރު އައި ފަހުން ސިޔާސީ ޕޯޑިއަމްއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ޔަޝްފާ ފިޔަވައި، އެހެން މީހަކު ޕޮލިހަށް ހާޒިރުވާން އަންގާފައެއް ނުވެ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓު، ހުސެއިން ޝާފިއު (ތުއްތު) އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ޑިސެމްބަރު 1 ގައި އޭނާ ޕޮލިހަށް ހާޒިރުކޮށް ބަޔާން ނެގި އެވެ.

ޝާފިއު ބުނީ ނޮވެމްބަރު 8، ގައި "Charlie_thuhthu" ގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓުން ކޮށްފައިވާ ޕޯސްޓަކީ އެއްވެސް މީހަކަށް ނިސްބަތްކޮށް ކޮށްފައިވާ ޕޯސްޓެއް ނޫން އެ ޕޯސްޓުގައި އެއްވެސް މީހެއްގެ ހިތުގައި ބިރުވެރިކަން އުފެދިދާނޭ ފަދަ ވާހަކައެއް ނޯންނާނެެ ކަމަށާއި އެ ޕޯސްޓުގައި ބުނާ "ކައްޒާބު" ވަކި މީހަކަށް ނިސްބަތް ކުރީ ފުލުހުން ކަމަށެވެ.

ދަނޑިކޮށި ޖަގަހައިގައި ޔަޝްފާ ކީ ބަނދި

އިމެއް ނެތޭ، މިނެއް ނެތޭ، ދިރެއް ނެތޭ، ބިރެއް ނެތޭ.

ގޮތެއް ނެތޭ، ފޮތެއް ނެތޭ، ލަދެއް ނެތޭ، ހަޔާތް ނެތޭ.

--

ރައިވަރުން އަހަރެނާ، ފައިނުމާނޭ ހަމަ ހިލާ.

އައި ކަމަކު ނިޔަތުގާ، އަނގަ ބެދޭނޭ ދޮގު ބެޔާ.

ރައިވަރުން ވާދަކޮށްލަން އައި ސޮރާ، ދޮގު ހަދަން މޮޅު ހޮޅިގަނޑާ.

ރައްޔިތުން އިނދަޖައްސާ ކުރަގަނޑާ، ރައްޔިތުން ނިކުމެ ހަވަރަށް ދެމާ.

--

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox