ފޭދޫފިނޮޅު ކައިިރިން ދެ ލޯންޗު ޖެހި މީހަކު މަރުވި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ފޭދޫ ފިނޮޅު ކައިރިން އެކްސިޑެންޓުވި ދެ ލޯންޗު ދުއްވަން ތިބި ދެ ކައްޕިން: ދެ މީހުންނަށް ކުރާ ދައުވާގެ ތަފުސީލެއް ފުލުހުން ނުދޭ -- ފޮޓޯ: ފުލުހުން

ފޭދޫ ފިނޮޅު ކައިރިން އެކްސިޑެންޓުވި ދެ ލޯންޗު ދުއްވަން ތިބި ދެ ކައްޕިން: ދެ މީހުންނަށް ކުރާ ދައުވާގެ ތަފުސީލެއް ފުލުހުން ނުދޭ -- ފޮޓޯ: ފުލުހުން

ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އޭޕްރިލް 29، 2023 ގައި މީހަކު މަރުވި ހާދިސާގައި ހިމެނޭ ދެ ކައްޕިންނަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވާފައި ވަނީ "ސަސް އީ ސްޕީޑް" އާއި އެމްޑަބްލިއުއެސްސީ މެރިން 2" ދުއްވަން ތިބި ޔާނިސް ހަމީދު 35، ހީނާވިލާ، ކ. ކާށިދޫ އާއި މުހައްމަދު ޖަމީލް 43، ގްރީންހައުސް، ހދ. ނޮޅިވަރަން އަށެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުރަތަމަ މައްސަލަ ފޮނުވީ ޖޫން 4، 2023 ގައި ކަމަށެވެ. ނަމަވެސް އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެ ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވައިލުމުން، އިސްލާހުތަކާއެކު ޕީޖީ އޮފީހަށް މައްސަލަ އަލުން ފޮނުވީ މިމަހު 15، ގައި ކަމަށެވެ.

ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވީ، ގުޅިފަޅުން ހުޅުމާލެއަށް ދަތުރުކުރި ސަސް އީ ސްޕީޑް ލޯންޗަށް ބާރު ސްޕީޑުގައި ދުއްވާފައި އައި އެމްޑަބްލިއުއެސްސީގެ ލޯންޗު އުރިގެންނެވެ. އެ ވަގުތު ސަސް އީ ސްޕީޑުގައި ތިބީ ތިން މީހުންނެވެ.

އެ ހާދިސާގައި މަރުވީ ސާސޭ ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދުﷲ އަހުމަދު (ސައުދު) އެވެ. އޭނާ އިނީ ލޯންޗުގެ ފަހަތު ސީޓުގަ އެވެ. އެމްޑަބްލިއުއެސްސީގެ ލޯންޗު އުރުނީ ވެސް ސަސް އީ ސްޕީޑުގެ ފަހަތުކޮޅަށެވެ. ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި ދެން ތިބީ ދެ ފަޅުވެރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox