ޑިމޮކްރެޓްސްގެ 700 އެއްހައި މެންބަރުން ވަގަށް ޕީއެންސީއަށް ވެއްދި މައްސަލަ ފުލުހަށް ހުށަހަޅައިފި

ވަގަށް މެންބަރުން ވެއްދި މައްސަލަ ހުށަހަޅަން ޑިމޮކްރެޓްސް އިން ފުލުސް އޮފީހަށް ވަންނަނީ: ޑިމޮކްރެޓުންގެ އިތުރުން އެހެން ޕާޓީތަކާއި އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ނުކުރާ މީހުން ވެސް ޕީއެންސީއަށް ވައްދާފައިވާ ކަމަށް ތުހުމަތުކުރެވޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވަގަށް މެންބަރުން ވެއްދި މައްސަލަ ހުށަހަޅަން ޑިމޮކްރެޓްސް އިން ފުލުސް އޮފީހަށް ވަންނަނީ: ޑިމޮކްރެޓުންގެ އިތުރުން އެހެން ޕާޓީތަކާއި އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ނުކުރާ މީހުން ވެސް ޕީއެންސީއަށް ވައްދާފައިވާ ކަމަށް ތުހުމަތުކުރެވޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ދަ ޑިމޮކްރެޓްސްގެ ދަފުތަރުގައި ތިބި 700 އެއްހައި މެންބަރުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގަށް ވައްދާފައިވާ ކަމަށް ބުނެ ޑިމޮކްރެޓުން ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅައިފި އެވެ.

ޑިމޮކްރެޓްސްގެ އިތުރުން ވެސް އެތައް ބަޔަކު ޕީއެންސީއަށް ވަގަށް ވައްދާފައިވާ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ޑިމޮކްރެޓްސްގެ ފަރާތުން މައްސަލަ ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ވަގުތީ ރައީސް، ހުސެއިން ފިރުޝާން ވިދާޅުވީ ޑިމޮކްރެޓްސްއިން އެކަނި ވެސް 700 އެއްހައި މެންބަރުން ޕީއެންސީޢަށް ވައްދާފައިވާކަން މިހައިތަނަށް އެނގިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަ އެބަވޭ، އަޅުގަނޑުމެންގެ ޕާޓީން ގާތްގަނޑަކަށް 500 އެއްހައި މެންބަރުން ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވެފައިވާކަން، އިނގޭތޯ؟ އެ މެންބަރުންގެ ފަރާތުން އެބަލިބޭ ޝަކުވާ ތިމަންނާމެންނަށް ނޭނގި ތިމަންނާމެންގެ މެންބަރުޝިޕް އެހެން ޕާޓީއަކަށް ބަދަލު ކޮށްފައޭ އޮތީ ކިޔާފައި، ޖުމުލަ ގާތްގަނޑަކަށް 700 އެއްހައި މެންބަރުން އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ފުލުހަށް ޑިމޮކްރެޓްސްއިން މައްސަލަ ހުށަހެޅީ އެ ޕާޓީގެ މެންބަރުންގެ އިތުރުން ވެސް ޕީއެންސީއަށް ވަގަށް ވައްދާފައިވާ މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގައި ގޮތުގައި ބަލައި ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެދި ކަމަށެވެ.

"ޑޭޓާބޭސްއަށް ބަލާލީމާ އަޅުގަނޑުމެންނަށް މި ފަހަގަވީ އޯގަސްޓު މަހުން ފެށިގެން ހަމަ ގަނޑުކޮށް މީހުން މަދުވެފައި ހުރިކަން ޕާޓީން، ދެން މެންބަރުންނަށް ގުޅައިގެން މިކަމުގެ ހަބަރު ބަލައިލިއިރު، މެންބަރުންނަށް އެނގިގެނެއް ނޫން މިކަން ހިނގާފައި އޮތީ، އެހެންވީމާ މިއީ ވަރަށް ބޮޑު މައްސަލައެއް ވަރަށް ބޮޑު ކުށެއް މިއީ މުޅި މަލްޓިޕާޓީ ޑިމޮކްރެޓިކް ސިޔާސީ ޕާޓީތަކަށް، ޕާޓީ ނިޒާމަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ހަގީގަތުގައި،" ފިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓްސްގެ މެންބަރުންތަކެއް ވަގަށް ޕީއެންސީއަށް ވެއްދި މައްސަލަ މިއަދު އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާނެ ކަމަށެވެ.

ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ ޑިމޮކްރެޓްސްގެ އިތުރުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވެސް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެމްޑީޕީން ފުލުހަށް ހުށަހެޅީ އެ ޕާޓީގެ 96 މެންބަރެއް ޕީއެންސީއަށް ވަގަށް ވައްދާފައިވާ މައްސަލަ އެވެ.

އެފަދަ އެތައް މައްސަލައެއް ތިލަވެފައިވާއިރު، ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ޕީއެންސީއަށް ވަގަށް ވައްދާފައިވާ މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އެގޮތުން 10 ފުލުހަކާއި ސިފައިންގެ ހަތް މީހަކަށް އެނގުމެއް ނެތި އެ މީހުން ޕީއެންސީއަށް ވައްދާފައިވާކަން "އަދަދު" ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.

އޭގެ އިތުރުން ރައީސް މުއިއްޒުގެ އާއިލާގެ ބޭފުޅުންތަކަކާއި ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އިސް ބައެއް ބޭފުޅުން ހިމެނޭހެން އެ ޕާޓީގެ ވެސް އެތައް ބަޔަކު ޕީއެންސީއަށް ވައްދާފައިވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ޕީއެންއެފްގެ މެންބަރުންތަކެއް ޕީއެންސީއަށް ވެއްދުމާއެކު ޕީއެންއެފްގެ އާންމު މެންބަރުންގެ އަދަދު ވަނީ 3000 އަށް ވުރެ ދަށްވެފަ އެވެ.

މި ހުރިހާ މައްސަލައެއް ފެންމަތިވުމުން، އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޕާޓީތަކުގެ ދަފުތަރު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހޭނީ މައި އިލެކްޝަން ޕޯޓަލް ނުވަތަ ޝަކުވާ ޕޯޓަލް މެދުވެރިކޮށެވެ.

އިއުލާނުކޮށްފައިވާ ދަފުތަރަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ. އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox