ބިންތައް ހިއްކުމުގެ މުގާބިލުގައި ރާޖޫގެ ސީއެމްސީއަށް ދިން ހުރިހާ ބިމެއް އަތުލައިފި

ހުޅުމާލެ

ހުޅުމާލެ

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާ ހަވާލުކޮށްގެން ހިއްކި ބިންތަކުގެ ބަދަލުގައި ދީފައި އޮތް 89.6 ހެކްޓަރުގެ ބިން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އަތުލައިފި އެވެ.

"އަދަދު" ނޫހުން މާޗު 2024، ގައި ހުށަހެޅި އާރުޓީއައިއަކަށް އެޗްޑީސީން ދިން ޖަވާބުން އެނގޭ ގޮތުގައި ހަތަރު ސަރަހައްދަކުން ބިން ހިއްކުމުގެ މަސައްކަތް ސީއެމްސީއާ އޮތީ ހަވާލުކޮށްފަ އެވެ. އެއީ ތިލަފުއްޓާއި ދިޔަނެރު ފަޅާއި ހުޅުމާލޭ ތިންވަނަ ފިޔަވަހި އަދި ފުށިދިއްގަރު ފަޅެވެ. އެ ތަންތަނުން ހިއްކަން ހަވާލުކޮށްފައިވާ ބިމުގެ ބޮޑުމިނަކީ 1249.8 ހެކްޓަރެވެ.

އިތުބާރު ހުރި މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށްދޭ ގޮތުގައި މި ބިންތައް ހިއްކުމުގެ ބަދަލުގައި ދޭން ނިންމި 89.6 ހެކްޓަރުގެ ބިން ސީއެމްސީގެ އަތުން ވަނީ އަތުލައިފަ އެވެ.

ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ތިލަފުއްޓާއި ދިޔަނެރު ފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގައި އެޗްޑީސީ (އޭރުގެ އާބަންކޯ) އިން ސޮއިކުރީ އޮގަސްޓު 2023، ގެ ތެރޭގަ އެވެ. ފުށިދިއްގަރު ފަޅު މަޝްރޫއުގައި ސޮއިކުރީ ޑިސެމްބަރު 2023، ގަ އެވެ.

ދިޔަނެރު ފަޅާއި ތިލަފުއްޓާއި ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ސީއެމްސީއާ ހަވާލުކުރީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި ތިލަފުށިން 9.6 ހެކްޓަރުގެ ބިން ހިއްކައިގެން އެ ބިންތަކުގެ ޑިވެލޮޕްމަންޓު ރައިޓްސް 99 އަހަރަށް އެ ކުންފުންޏަށް ދީގެންނެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ސީއެމްސީއާ ހަވާލުކޮށްފައިވަނީ ފުށިދިއްގަރު ފަޅުން 60 ހެކްޓަރު އަދި ހުޅުމާލެއިން 10 ހެކްޓަރުގެ ޑިވެލޮޕްމަންޓް ރައިޓްސް ދީގެންނެވެ.

ތިލަފުއްޓާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށްގެންދިޔަ ނަމަވެސް ފިޔަނެރު ފަޅުގައި މާ ގިނަ މަސައްކަތްތަކެއް ކުރިއަށް ނުދެ އެވެ. ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރު ހިއްކަން ހަވާލުކުރި ނަމަވެސް އެ މަޝްރޫއުގެ ދެ ޕަސެންޓު ވެސް ހިއްކާ ނުނިމުމުން ސީއެމްސީގެ ކޮންޓްރެކްޓު ބާތިލުކޮށް އެހެން ކުންފުނިތަކަކާ އެ މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox