ގިރާވަރުފަޅުން ގޯތި ހަވާލުކުރާނެ ތާރީހެއް މުއްތަލިބަކަށް ވިދާޅެއް ނުވެވުނު

Nov 10, 2026, 9:11 AM
އަހާ ފޯރަމްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަހާ ފޯރަމްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރާނީ ކޮން އިރަކުތޯ އެހުމުން ވަކި ތާރީހެއް ވިދާޅުނުވެ، ބިން ހިއްކާ ނިމުމުން ގޯތި ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ. 

ގިރާވަރުފަޅުން ގޯތި ހަވާލުކުރާނެ ދުވަހަކާ ގުޅޭ ގޮތުން "އަހާ" ފޯރަމްގައި ސުވާލުކުރުމުން، ތާރީހެއް ދެއްވުމުގެ ބަދަލުގައި މުއްތަލިބު ވާހަކަ ދެއްކެވީ މަސައްކަތް ލަސްވި ސަބަބުތަކާއި، ކުރިމަތިވެފައިވާ މާލީ ދަތިތަކާ ގުޅޭގޮތުންނެވެ. 

މި އަހަރު ކުރީކޮޅު ސަރުކާރުން ވަނީ މާޗު، އޭޕްރިލް، އަދި މެއި މަހުގެ ނިޔަލަށް ގިރާވަރުފަޅުގެ ބިން ހިއްކުން ނިންމާނެ ކަމަށް ބުނެ ތާރީހުތައް ދީފަ އެވެ. މީގެ ތެރެއިން މެއި މަހުގެ ތާރީހަކީ އޭޕްރިލް 15، ގައި މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ދެއްވި ތާރީހެކެވެ. އަދި، ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރާނެ ކަމަށް އޭނާ އެ ދުވަހު ވިދާޅުވި އެވެ.

އެކަމަކު މުއްތަލިބު  މަޖިލީހުގައި މިހެން ވިދާޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އެއްކޮށް ހުއްޓުނެވެ. އޭނާ ރޭ ވިދާޅުވީ، އޭރު މަސައްކަތް ހުއްޓުނީ މެދުއިރުމަތީގެ ހާދިސާއާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ކަމަށެވެ.

ގިރާވަރުފަޅު ހިއްކައި ނިންމަން އިންތިހާބުގެ ކުރިން ދިން ތާރީހު ބަދަލުވެއްޖެ

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މި އޭޕްރިލް މަހަށް ނިންމާލެވޭނެ ކަމަށް މުއިއްޒު ކުރިން ވިދާޅުވި ނަމަވެސް، އެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ މެއި މަހުގެ ނިޔަލަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި. މިނިސްޓަރު ވިދާޅުވީ މިހާތަނަށް 98 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް.

މިހާރު ބިން ހިއްކަން އަލުން ފަށާފައިވާއިރު، މުއްތަލިބު ވަނީ، އެ މަސަައްކަތް ނިމުމުން ގޯތި ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ، އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވޭ. އަޅުގަނޑުމެންގެ އުންމީދަކީ ބާކީ އޮތް ބައި ހިއްކާ ނިންމާފައި ހިއްކާ ނިމެންވާއިރަށް ސާވޭގެ މަސައްކަތް ވެސް ފަށާ، އެ ގޯތިތައް ހަވާލުކޮށް މަސައްކަތް ކުރިއަށް ގެންދިއުން،" މުއްތަލިބު ވިދާޅުވި އެވެ. 

ގިރާވަރުފަޅުން މިހާތަނަށް 115 ހެކްޓަރު ހިއްކާފައިވާއިރު، ފުން ސަރަހައްދު ހިމެނޭހެން އެ ތަނުން 169 ހެކްޓަރު ހިއްކާނެ އެވެ. މި މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަރަދުކުރާ ގޮތަށް ކެޕިޓަލް މެރިން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ. 

މި ބިމާއި، މި ތަނާއެކީ ހަވާލުކުރި ހުޅުމާލޭ ފޭސް ތިނެއް ހިއްކަން ފަހިކުރުމުގެ ގޮތުން އެމްއޭސީއެލްއިން ވަނީ ސީއެމްސީއަށް 1.76 ބިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. މީގެ ތެރެއިން މިދިޔަ އަހަރު ދެއްކި ބައި ކަނޑާފައި މި އަހަރު 1.4 ބިލިއަން ރުފިޔާ ދައްކަން އެބައޮތެވެ.

މުއްތަލިބު ވަނީ މިރޭ ފުރަތަމަ ފަހަރަށް މި ކަހަލަ އެއްބަސްވުމެއް ހެދި ކަމަށް ވިދާޅުވެފަ އެވެ. އަދި މި އެއްބަސްވުން ހެދީ ބިން ހިއްކުމުގެ ބަދަލުގައި ހުޅުމާލޭ އާއި ތިލަފުށީން ބިންތަކެއް ލިިބޭ ގޮތަށް އޮތުމުން ސަރުކާރުން އެ ގޮތް ބޭނުން ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުން ސޮއިކުރި އެއްބަސްވުމުގެ ދަށުން މި ބިންތައް އެމްއޭސީއެލްއަށް ލިބޭ ގޮތަށް ވަނީ ހަދާފަ އެވެ.

މި ތަން ހިއްކުމުގެ މަސައްކަތުގެ އިތުރުން ތިލަފުއްޓާއި ގުޅާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މުއްތަލިބު މިރޭ ވިދާޅުވި އެވެ. ނަމަވެސް މިކަމަށް ވެސް ވަކި ތާރީހެއް ނުދީ މުއްތަލިބު ވިދާޅުވީ އުއްމީދަކީ، މި ދައުރުގެ ތެރޭގައި ބަޔަކާ ހަވާލުކުރުން ކަމަށެވެ. 

ގިރާވަރުފަޅުގެ އެންމެ ފަހުގެ ލޭންޑް ޔޫސް ޕްލޭނުގައި އޮތް ގޮތުން، އެ ތަނުން 4،072 ގޯތި ދޫކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox