ފްލެޓްތަކަށް ފޯމު ހުށަހެޅި ކައުންސިލްތަކުން ދޫކުރި ލިޔުންތައް ބަލައި ނުގަންނަން ނިންމައިފި

ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ފްލެޓްތަކަށް ކުރިމަތިލީއިރު ހުށަހެޅި ކައުންސިލުގެ ލިޔުންތައް ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ކޮންސްޓްރަކްޝަން މިނިސްޓްރީ

ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ފްލެޓްތަކަށް ކުރިމަތިލީއިރު ހުށަހެޅި ކައުންސިލުގެ ލިޔުންތައް ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ކޮންސްޓްރަކްޝަން މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ފޯމު ހުށަހެޅި އިރު ކައުންސިލްތަކުން ދޫކުރި ލިޔުންތައް ބަލައި ނުގަންނަން ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ނިންމަވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ ކައުންސިލުތަކަކީ މީހުން ދިރިއުޅޭ ކަމުގެ ރެކޯޑުތައް ބަލަހައްޓާ ތަނަކަށް ނުވާތީ، ފްލެޓު ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ ކަންކަން ކުރިއަށް ގެންދާއިރު ކައުންސިލުގެ ލިޔުމަށް ރިއާޔަތް ނުކުރަން ލަފާ ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ވެސް ނުކުރަން ކައުންސިލަކީ އިންސްޓިޓިއުޝަނަލީ ބަޔަކު ދިރިއުޅޭތަން ރެކޯޑުކޮށް ބަލަހައްޓާ ބައެއް ނޫން. އެހެންވީމަ ކައުންސިލަކަށް މިފަދަ ލިޔުންތަކެއް ނުވެސް ދެވޭނެ. ކައުންސިލުގައި އުޅޭ މީހަކަށް ފަހަރެއްގައި އެނގިދާނެ މީނެ މީހަކު އުޅެނީ މީނެ ތަނެއްގައޭ،" މުއްތަލިބު ވިދާޅުވި އެވެ.

"އެހެންނަމަވެސް ކައުންސިލު އޭޒް އަ އިންސްޓިޓިއުޝަނަކަށް ރެކޯޑުތައް ބަލަހައްޓާފައެއް ނުހުންނާނެ މީނެ މީހަކު ދިރިއުޅެނީ މީނެ ތަނެއްގައި ކަމަށް. އެހެން ކަމަުގައި ވާނަމަ ކައުންސިލަކަށް ދެވޭނެ ލިޔުމެއް ނޫނޭ އެއީކީއެއް. އެހެންވީމަ މިހުރިހާ ކަންތައްތަކަށް ބަލާފައި އަޅުގަނޑުމެންނަށް ލަފާ ލިބިފައި ވަނީ އިތުރު ލިޔުންތައް ބަލައި ނުގަނެވޭނެ ކަމަށް."

މުއްތަލިބު ވިދާޅުވީ އެ މިނިސްޓްރީއަށް ލަފާ ލިބިފައި ވަނީ ފްލެޓު ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަރުހަލާގައި ހަމައެކަނި ޕޯޓަލްގައި އާއްމުކޮށް އިއުލާން ކޮށްފައި ހުށަހެޅޭނެ ކަމަށް ކަނޑައަޅާފައިވާ ލިޔުންތަކަށް އެކަނި ކަމަށެވެ.

"އަޅުގަނޑުމެންނަށް އޭގެ ފަހުން ނެގުނު ލަފާތަކާއި މިހުރިހާ ކަމަކަށް ބަލާއިރުގައި އެއްހަމަކޮށް އާއްމުންނަށް ދީފައި އޮތް ފުރުސަތަކަށް ބަލާފައި އެއްހަމަކޮށް އެކަން ކުރާކަމަށްވާނަމަ އެންމެ ރަނގަޅު ގޮތަކަށްވާނީ، ޕޯޓަލްގައި އާއްމުކޮށް އިއުލާން ކޮށްފައި ހުށަހެޅޭނެ ކަމަށް ކަނޑައަޅާފައިވާ ލިޔުންތައް ބަލައިގަތުން،" އޭނާ ވިދާޅުވި އެވެ.

އެގޮތަށް ލަފާ ލިބުނުއިރު ޕޯޓަލްގައި ޝާއިއު ކޮށްފައިވާ އުސޫލު ފިޔަވައި އެހެން އުސޫލެއްގެ ދަށުން ލިޔުންތައް ބަލައިގަތުމަށް އަންގާފައި ނެތް ކަމަށާއި އިތުރު ލިޔުންތަކެއް ބަލައިގަތުމާ ގުޅިގެން އެއްވެސް ތަނެއްގައި އާންމުކޮށް އިއުލާނެއް ކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އުސޫލުގައި ބަޔާން ކޮށްފައިވާ ލިޔުންތައް ފިޔަވައި، އިތުރު ލިޔުންތައް އެންމެ ގިނައިން ހުށަހަަޅާފައިވާ ކަމަށް ފާހަގަކުރެވުނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓު މައްސަލަތަކެއް އަދި ސްކީމުގެ ސައްހަކަން ކަށަވަރުކުރާ ކަމަށް ބުނިތާ އަހަރެއް ފާއިތުވިފަހުން، ފްލެޓު ލިިބުނު އެންމެންގެ ލިސްޓު އަލުންބަލުން ވެރިފައި ކުރަން ފަށާފައިވާ ކަމަށް މުއްތަލިބު މިއަދު ހާމަކުރެއްވި އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފްލެޓު ދިނުމަށެވެ. އަދި ފުރަތަމަ ނިމޭ 4،000 ފްލެޓު ހަވާލުކުރަން ބުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox