އެފްއެސްއެމް ވައްކަން: ބޯޓު ކައްޕިއެއްގެ އެކައުންޓުގައި 21 މިލިއަން ރުފިޔާ ދައުރުކޮށްފަ

އެފްއެސްއެމް ވައްކަން: ބޯޓު ކައްޕިއެއްގެ އެކައުންޓުގައި 21 މިލިއަން ރުފިޔާ ދައުރުކޮށްފަ

ދައުލަތާއި އާންމުން ހިއްސާވާ ވިޔަފާރި ކުންފުނި, އެސްޓީއޯގެ ސަބްސިޑަރީ، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ވަގަށް ނަގައިގެން ވިއްކި މައްސަލައިގައި ތުހުމަތުކުރެވޭ އެކެއްގެ ބޭންކު އެކައުންޓުގައި 21 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށް "އަދަދު" އަށް މައުލޫމާތު ލިބިއްޖެ އެވެ.

އެފްއެސްއެމް ތެލުގެ ވައްކަމުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އެކަން ހާމަކުރަމުން ހޯމް މިނިސްޓަަރު އަލީ އިހުސާން ވިދާޅުވީ, މި މައްސަލަ ބަލަމުންދާ ހާއްސަ ފުލުހުންގެ ޓީމަކުން އެހާތަނަށް 10 މީހަކާއި ދެ ގެއަކާއި ތެޔޮ އުފުލާ ދެ ބާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ރެއިޑުތަކުގައި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތަކެއް ހޯދާފައިވާ ކަމަށް ވެސް އިހުސާން އޭރު ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގުގައި މައްސަލަ ބަލަމުންދާ އެކަކީ, އެފްއެސްއެމްގެ ތެޔޮ ބާޖެއްގެ ކައްޕި އެވެ. ތަހުގީގު ކުރިއަށް ދާތީ, ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނީ, މަހު މުސާރައަށް 35,000ރ. ލިބޭ އެ މީހާގެ އެކައުންޓުގައި ކުރު މުއްދަތެއްގެ ތެރޭގައި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ.

މިއީ އެ މީހާއަށް އަހަރެއްގެ ތެރޭގައި މުސާރައިގެ ގޮތުގައި ލިބޭ 420,000ރ. އަށް ވުރެ 50 ގުނަ އިތުރު އަދަދެކެވެ. ތެޔޮ ވިއްކައިގެން ލިބުނު ފައިސާގެ ބޭނުންކޮށްގެން އެ މީހާ އަގު ބޮޑު މުދާ ގަނެފައިވާ ކަމަށް ވެސް މައުލޫމާތު ދިން މީހުން ބުންޏެވެ.

އޭގެ ތެރޭގައި އެސްޓީއޯ މުވައްޒަފުންނަށް ތަރައްގީކުރި ފްލެޓުން އެޕާޓުމަންޓެއް ވެސް ހިމެނެ އެވެ. މި އެޕާޓުމަންޓަށް 1.8 މިލިއަން ރުފިޔާ އޭނާ ދެއްކީ އެކީ އެއްފަހަރާ ނަގުދު ފައިސާއިން ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

މައްސަލައިގެ ތަހުގީގަށް އޭނާގެ އިލެކްޓްރޯނިކް ޑިވައިސްތަކުގެ އިތުރުން އޭނާއާ އާއިލީ ގޮތުން ގުޅުން ހުރި ބައެއް މީހުންގެ ޑިވައިސްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

އެފްއެސްއެމް ތެލުގެ ވައްކަމުގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު, ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެ މައްސަލައިގެ މައުލޫމާތު ސާފުކުރަން އެސްޓީއޯގެ ވެރިން ހާޒިރުކޮށްފަ އެވެ. ނަމަވެސް އެ ކޮމިޓީ ބައްދަލުވުން ސިއްރުކުރުމުން މަޝްވަރާކުރި ކަންކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

މި މައްސަލަ އަށް ފަހު އެފްއެސްއެމްއިން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކިކޮށްފައިވެ އެވެ. އަދި އެފްއެސްއެމްގެ މެނޭޖަރަކަށް އޭރު ހުންނެވި އިސްމާއީލް ސުހައިލް ވަކިކުރަން ނިންމާފައި ވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox