މި ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއް، ކައި ހުސްކޮށް ދަރަނިވެރިކޮށްފި: ޣަފޫރު

Jun 5, 2026, 5:20 AM
އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއްގެ ގޮތުގައި ސިފަކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭނު ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޣަފޫރު ވިދާޅުވީ މި ސަރުކާރަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކަށް ނުދޭ މިންވަރަށް ފައިސާ ދެވިފައިވާ ކަމަށެވެ.

މި ސަރުކާރަށް 170 ބިލިއަން ރުފިޔާ ދީފައިވާއިރު، ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. ނަމަވެސް ތާރީހުގައި ވެސް އެއްވެސް ސަރުކާރަކުން ނުއުފައްދާ މިންވަރަށް މި ސަރުކާރުން ވަނީ ދަރަނި ވެސް އުފައްދާފަ އެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކަނިވެސް 43 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ ކަމަށާއި، ނަމަވެސް ގައުމަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

މީގެ އިތުރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށްގެން ވައްކަން ކުރުމުގެ ސަބަބުން ކަސްޓަމްސްއަށް ދެ ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ވެސް ޣަފޫރު ތުހުމަތުކުރެއްވި އެވެ.

ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ކަމަށް ބުނާ ކޮރަޕްޝަނުގެ ބައެއް މިސާލުތައް ދައްކަވަމުން ޣަފޫރު ވިދާޅުވީ، ސަރުކާރަށް ނޭނގި ދެ ތެޔޮ ބޯޓު ރާއްޖޭގެ ސަރަހައްދުގައި ހަތް ދުވަސް ވަންދެން އޮތް ކަމަށެވެ.

އެ ބޯޓުތައް ފަހުން ބެލިއިރު އޭގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި، އެއީ އޮމާނުން ރާއްޖެއަށް "ފެހިކަހަން" އައި ބޯޓުތަކެއް ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، ކަސްޓަމްސް އާއި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި 40 ފޫޓުގެ ދެ ކޮންޓޭނަރުގެ ސިނގިރޭޓަށް ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.

"މިތަނުގައި ސަރުކާރެއް އެބަ އޮތްތޯ. މިއީ ވަގުންގެ ބޮޑު ގޭންގެއް މިތާ މިއޮތީ. މުޅި ދައުލަތުގެ ރައްޔިތުންގެ ފައިސާ ވަގަށް ނޮޅައި ކައި ހުސްކުރަމުން މި މީހުން މިދަނީ. މަރުވާނެކަން ވެސް މިމީހުން ހިތަށް ނާރައޭ،" އޭނާ ވިދާޅުވި އެވެ. 

"ކޮންފަދަ ހަޔާތްކުޑަ ގޮތެއް ނެތް ވިޔާނުދާ ބައެއް މި ގައުމުގެ ވެރިކަމަށް އައިސްގެން މިއުޅެނީ."

ޣަފޫރު ވިދާޅުވީ މަރުވާނެ ކަމާއި ﷲ ގެ ކޯފާއަށް ބިރެއް ނެތި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދާ ކަމަށާއި، މިކަމަށް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިންނަކީ ލަދުހަޔާތުގެ ކަންފުޅެއް ނެތް، ބުއްދި ފިލާގޮސްފައިވާ ބައެއްގެ ގޮތުގައި ވެސް ޣަފޫރު ސިފަކުރެއްވި އެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ޣަފޫރު އެދިވަޑައިގަތީ، ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ސޯބެ ހޮވައިދިނުމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު ބަލިކޮށް ކުޑަކަކޫ ޖެއްސުމަކީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ. ގައުމުގެ ހާލަތު އޮތީ "ކަރުތާފެނުގައި" ކަމަށާއި، އާސަންދަ އާއި ތެޔޮ ނުލިބި ރައްޔިތުން ހާލުގައި އުޅެމުންދާއިރު، ސަރުކާރުން 170 ބިލިއަން ރުފިޔާ ކައި ހުސްކޮށްލާފައިވާ ކަމަށް ވިދާޅުވެ ޣަފޫރު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox