ވިނަރެސްގެ ބާކީ ހުރި ފްލެޓުތައް ވެސް "ކަޓު" ނަގައިގެން ވިއްކާލައިިފި

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތަކުން ނުވިކި ހުރި 100 އަށް ވުރެ ގިނަ ފްލެޓު، އާންމުކޮށް ހުޅުވާ ނުލައި، ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކާއި، ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން ވިއްކާލާފައިވާކަން އެނގިއްޖެ އެވެ.

ވިރަނެސް މަޝްރޫއުގައި ހިމެނޭ 13 ބުރީގެ 10 ޓަވަރުގައި ޖުމުލަ 1،344 ފްލެޓު ހިމެނެ އެވެ. އާންމުކޮށް ހުޅުވާލައިގެން ވިއްކި ވިނަރެސްގެ ފްލެޓުތަކުގެ އިތުރުން އެތަނުން ގުޅިފަޅު މަޝްރޫއުގެ ފްލެޓް ގަތް 140 ފަރާތަކާއި، ސީލައިފް މަޝްރޫއުގެ ފްލެޓުގައި 123 މީހަކަށް އަދި ހިޔާ ފްލެޓް ދޫކޮށްލި 78 ފަރާތަކަށް ވެސް ވިނަރެސް އިން ވަނީ ފްލެޓް ދިނެވެ.

ވިނަރެސް ފްލެޓު ވިއްކަން ހުޅުވާލީ ދެ ކެޓަގަރީ އަކަށެވެ. އެއީ މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރު ވެފައިވާފަރާތްތަކުގެ ކެޓަގަރީ އާއި މާލޭގައި ރަށްވެހިވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓަގަރީ އެވެ. މި ދެ ކެޓަގަރީގެ ކެޓަގަރީގެ ދާއިމީ ލިސްޓު ވަކިވަކިން އިއުލާނު ކުރި އެވެ.

މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރު ވެފައިވާފަރާތްތަކުގެ ކެޓަގަރީގައި ވިނަރެސް ފްލެޓު ގަންނަ ހުށަހެޅި ފަރާތްތަކުން ދާއިމީ ލިސްޓުގައި އޮތީ 1118 ފަރާތެކެވެ. މާލޭގައި ރަށްވެހިވެފައިވާތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަގަރީން ޝަރުތު ހަމަވި ލިސްޓުގައި ހިމެނެނީ 295 މީހެކެވެ.

ވިނަރެސްގައި ހިމެނެނީ 3 ކޮޓަރީގެ ފްލެޓުތަކެވެ. އެތަންތަން އެކި މޮޑެލްތަކުގައި ވިއްކަން ހުޅުވާލިއިރު، އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދު އެވެ. އެ ފްލެޓުތައް ގަންނަ ހުށަހެޅި މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ގަނޑުކޮށް ފައިސާ ދައްކާފައި ފްލެޓު ގަތެވެ.

އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓާއި މިހާރުގެ މެނޭޖުމެންޓުން ބުނެފައިވާ ގޮތުން، ހުރިހާ ކެޓަގަރީއެއްގެ ދަށުން ފްލެޓުތައް ދޫކޮށް ނިންމިއިރު، ބާކީ 123 ފްލެޓެއް ހުއްޓެވެ. އެހެންވެ، އެ ފްލެޓުތައް ވިއްކަން ނޮވެމްބަރު 5، 2023، ގައި ހުޅުވައިލި އެވެ.

އެ ފަހަރު ފްލެޓު ގަންނަން ހުށަހަޅަން ޖެހުނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެ ދުވަހު ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ގިނަ ބަޔަކަށް ފޯމު ހުށަނޭޅި ޝަކުވާ ބޮޑުވި އެވެ.

އެހެންވެ، ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެޗްޑީސީން އޭރު ވަނީ ވިނަރެސް ފްލެޓުތައް ވިއްކުން މަޑުޖައްސާލައިފަ އެވެ. އެއަށް ފަހު މިހާރުގެ މެނޭޖުމެންޓުން އެ ފޯމްތައް މިއަހަރުގެ އޭޕްރީލް މަހު ބާތިލްކުރި އެވެ. އެއަށް ފަހު އަޑިއަޑިން އެ ފްލެޓުތައް ވިއްކުމުގެ މަސައްކަތް ފެށި ކަމަށް ތުހުމަތުކުރެވެ އެވެ.

މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުންނާއި އެޗްޑީސީގެ އެތެރޭގެ މަސްދަރުތަކުން ބުނާ ގޮތުން ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކާއި އެފަދަ ފަރާތްތަކާ ގުޅުން އޮތް މީހުންނަށް ވިނަރެސްއިން ފްލެޓު ވިއްކި އެވެ. ބައެއް ފްލެޓުތައް ވިއްކީ ކަޓުގެ ގޮތުގައި އެތައް ލައްކަ ރުފިޔާއެއް ނަގައިގެންކަން ބައެއް ބައެއް މީހުން މި ނޫހަށް ކިޔައި ދިނެވެ.

"އަހަރެންނަށް ފްލެޓު ގަންނަ އެޗްޑީސީގެ އެތެރެއިން މީހަކު ބައްދަލުކުރި. އޭނަ ބުނީ އެއް ފަހަރާ 500،000ރ. ދޭށޭ," ނަން ނުޖެހުމަށް ޝަރުތުކޮށް މީހަކު ބުންޏެވެ.

އެގޮތަށް ފައިސާ ދީގެން ފްލެޓު ގަންނަން ބޭނުން ނުވި ކަމަށް އޭނާ ބުންޏެވެ.

އެޗްޑީސީގެ މައްސަލަތައް ފެންމަތިވާން ފެށުމުން، ވިނަރެސް ފްލެޓުތައް އަޑިއަޑިން ވިއްކައިލި ކަމަށް ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މެދުފަންތީގެ ވިޔަފާރިވެރިޔަކު، އޭނާގެ އެކްސްގައި ދާދި ފަހުން ޕޯސްޓުކޮށްފައިވެ އެވެ.

"މިއީ ތޯތޯ ވާހަކައެއްނޫން! ހަވާލު ނުކުރެވިވާ [ވަނަރެސް] ފުލެޓްތައް ވިއްކީ ވެރިންނަށް 500،000ރ، ބްރޯކަރަށް 100،000ރ އަދި އެޗްޑީސީއަށް 50،000ރ ގެ އުސޫލުން!،" އޭނާ ބުނެފައިވެ އެވެ.

ފައިސާ ނެގައިގެން ވިނަރެސް ފުލެޓު ވިއްކާ ކަމުގެ އަޑުއިވިފައިވާ ކަމަށް، އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވި ސިޓީގައި ވެސް ވިދާޅުވެފައިވެ އެވެ.

"އެންމެންގެ ވާހަކައަކީ ފަޒުލް ރަޝީދުގެ ހަމައެކަނި ބޭނުމަކީ އަމިއްލަ ބޭނުމަށް ފައިސާ ހޯދުން ކަމެވެ. އެކިވަރު ވަރުން އެކި ފަރާތްތަކުން ފައިސާ ނަގަމުންދާ އަޑުއިވެ އެވެ. ވިނަރެސް ފުލެޓު ލިބެނީވެސް ފައިސާދޭ ފަރާތްތަކަށް ކަމަށް އަޑުއިވެ އެވެ،" ޒުހޫރުގެ ސިޓީގައިވެ އެވެ.

މިއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އުސޫލުތަކާ ހިލާފަށް، އަދި ހިޔާނަތަށް ތުހުމަތު ކުރެވޭ ގޮތަށް އޭނާ ހިންގަމުން ދިޔަ މައްސަލަތައް ރައީސްގެ ސަމާލުކަމަށް ގެނައުމަށް ޖުލައި 1، ގައި ޒުހޫރު ފޮނުއްވި ސިޓީއެކެވެ.

އެޗްޑީސީއަށް އަމާޒުކޮށް ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް މި ހަފުތާގެ ތެރޭ ވަނީ ފެންމަތިވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަމަށް ބުނެ އުސޫލުން ބޭރުން ބިންތަކެއް ދިނުމާއި ނުއަގުގައި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުންނަށް ބިން ވިއްކުން އަދި ގިނަ އަދަދެއްގެ ފައިސާ ދޫކުރުމެވެ.

މީގެތެރެއިން ބިންވެރިޔާ ގޯތިތަކުގެ މައްސަލަ ފުލުހުންނާއި އޭސީސީން ދަނީ ބަލަމުންނެވެ. ފަޒުލް ހިމޭނެހެން 20 މީހެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފަ އެވެ. މީގެ ތެރޭގައި އެޗްޑީސީގެ ބޯޑު މެންބަރުންނާއި ހައުސިން މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން ކުރީ ސަރުކާރުގެ ބައެއް އޮފިޝަލުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox