ހުޅުމާލެ ރުއްގަނޑު އެކަކަށް ޓެކްސީ ޑްރައިވަރުން މިރޭ ވެސް އެއްވަނީ

ބުދަ ދުވަހުގެރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ބުދަ ދުވަހުގެރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަށަން ކުރަމުންދާ މަސައްކަތާ ދެކޮޅު ހަދައި ޓެކްސީ ޑްރައިވަރުންގެ ހައްގުގައި އަޑު އުފުލުމަށް ހުޅުމާލެ ރުއްގަނޑު ސަރަހައްދަށް މިރޭ އެއްވާނެކަން އިއުލާނުކޮށްފި އެވެ.

ޓެކްސީ ޑްރައިވާސް ކޮމިއުނިޓީން ބުނީ ރުއްގަނޑު ސަރަހައްދުގައި އިހުތިޖާޖު ކުރަން ފަށާނީ މިރޭ 8:30 ގައި ކަމަށެވެ. އަދި އެ އިހުތިޖާޖު ކުރިއަށް ގެންދާނީ ސުލްހަވެރިކަމާއެކު ކަމަށް ޓެކްސީ ޑްރައިވަރުންގެ ކޮމިއުނިޓީން ބުންޏެވެ.

"މިރޭގެ އިޖުތިޖާޖަކީ ހައްޔަރު ކޮށްފައި ތިބި އަޅުގަނޑުމެންގެ ދެ ޑްރައިވަރުން މިނިވަން ކުރުމަށާއި ޓޯ ކޮށްފައި ހުރި ކާރުތަކުގެ ތެރެއިން ދޫކޮށްނުލާ ހުރި ކާރުތައް ދޫކޮށްލަން ގޮވައިލަން ކުރިއަށް ގެންދާ އިހުތިޖާޖެއް،" މި ނޫހާ ވާހަކަދެއްކި ޑްރައިވަރެއް ބުންޏެވެ.

އޭނާ ބުނީ ބުދަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޓޯކުރި 20 އަށްވުރެ ގިނަ ކާރުގެ ތެރެއިން ދޫކޮށްލާފައި ވަނީ ނުވަ ކާރު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މައުލޫމާތު ލިބިފައި ވަނީ ނުވަ ކާރު ކަމަށް ދޫކޮށްލީ، ދެން 12 ނޫނީ 13 ވަރަކަށް ކާރު އަދިވެސް ދޫކޮށެއް ނުލާ،" އޭނާ ބުންޏެވެ.

ޓެކްސީ ޑްރައިވަރުންގެ އިތުރުން ޓެކްސީ ދާއިރާއަށް ހެޔޮއެދޭ މީހުން ވެސް މިރޭގެ އިހުތިޖާޖުގައި ބައިވެރިވުމަށް ޓެކްސީ ޑްރައިވާސް ކޮމިއުނިޓީން ވަނީ އެދިފަ އެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީ ހިދުމަތް ދޭން ފަށަން ކުރަމުންދާ މަސައްކަތާ ދެކޮޅަށް މިދިޔަ ބުދަ ދުވަހު ވެސް ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖު ކުރި އެވެ. އެ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރުއްގަނޑު ސަރަހައްދުގައި ކުރަމުންދިޔަ އިހުތިޖާޖަށް ސަރުކާރުން އެއްބާރުލުމެއް ނުލިބުމުން ޑްރައިވަރުން ވަނީ މަގުމައްޗަށް ނުކުމެ، ހައިވޭއަށް އަރަން އޮންނަ މަގު ބަންދުކޮށްފަ އެވެ.

އެކަމާ ގުޅިގެން އެރޭ ތިން މީހުން ފުލުހުން ހައްޔަރު ކުރި އެވެ. އޭގެތެރެއިން އެކަކު ދޫކޮށްލައި އަނެއް ދެމީހުންގެ ބަންދުގެ މުއްދަތު ވެސް އިއްޔެ ޖެހި އެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްޓު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.

އެއަށްފަހު ޓެކްސީގެ ހިދުމަތް ދޭން ފަށަން އަލުން ނިންމައި ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު 29 ގަ އެވެ.

އަމީން އެ ދުވަހު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ޓެކްސީ ހިދުމަތް ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ކުރުވުމަށް ކަމަށާއި އެ ހިދުމަތް ދޭން ފަށާނީ މިހާރު ޓެކްސީކަން ކުރާ ޑްރައިވަރުންގެ އެއްވެސް ބާރެއް ނުހިނގާ ގޮތަށް ކަމަށެެވެ.

އަމީން ވިދާޅުވީ ޓެކްސީ ހިދުމަތް ދޭން ފަށާނީ 50 ޕަސަންޓް ފުލްކޮށް މަސައްކަތް ކުރާ މުވައްޒަފުންނާއި އަނެއް 50 ޕަސަންޓް ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފުންނާ އެކުގައި ކަމަށާއި ރަނގަޅު ޝަރުތުތަކެއް އެކަމަށް ކަނޑައެޅިފައި ހުންނާނެ ކަމަށެވެ.

ޓެކްސީ ހިދުމަތް ދޭން ފަށާނީ ސޮއިކޮށްފައި ހުރި ކޮންވެންޝަންތަކާ އެއްގޮތަށް އިލެކްޓްރިކަލް ވެހިކަލްތައް ވެސް ބޭނުން ކޮށްގެން ކަމަށާއި ސްޓެލްކޯގެ ޕަވާ ގްރިޑަށް އެކަށީގެންވާ ވަރަށް 20 ޕަސަންޓާއި 25 ޕަސަންޓާ ދޭތެރޭގައި އިލެކްޓްރިކް ވެެހިކަލްތައް ބޭނުން ކުރާނެ ކަމަށް ވެސް އެ ދުވަހު އަމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox