ފެން އަރާތީ ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ހުޅުމާލެ ސަހަރާގައި ކޮނެފައިވާ ކަށްވަޅަކަށް ފެން އަރާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ހުޅުމާލެ ސަހަރާގައި ކޮނެފައިވާ ކަށްވަޅަކަށް ފެން އަރާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ހުޅުމާލޭ ސަހަރާގައި ކޮންނަ ވަޅުތަކުގައި ފެން ހަރުލާ މައްސަލަ ބޮޑުވެ، އެ ސަހަރާގައި މީހުން ވަޅުލުން މިއަދުން ފެށިގެން ވަގުތީ ގޮތުން އަނެއްކާވެސް މެދުކަނޑާލައިފި އެވެ.

މި މައްސަލަ އާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ, ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ވަޅުގެ ތެރޭގައި 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާ ކަމަށެވެ.

އެހެންކަމުން މައްޔިތުން ވަޅުލުމުގެ ކަންކަން މި ވަގުތަށް އާސަހަރާއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށްވެސް ސިޓީ ކައުންސިލުގެ އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

Advertisement

މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ވިއްސާރަވެ ފެންފަށަލަ މަތިވުމުގެ ސަބަބުން އެ ސަހަރާ ބަންދުކުރަން ޖެހުނު ތިންވަނަ ފަހަރެވެ. މީގެ ކުރިން 2024 އަދި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ބޯވާރޭއާ ގުޅިގެން ވަޅުތަކުގައި ފެންބޮޑުވެ، ސަންދޯއް ބެހެއްޓުމަށް ދަތިވުމުން ވަޅުލުން މާލެއަށް ބަދަލުކުރަން ޖެހުނެވެ.

ކޮންމެ ފަހަރަކު ވިއްސާރަވުމުން ސަހަރާއަށް ދިމާވާ ފެނުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެތަނަށް ވެލިއަޅައި ޑްރެއިން ސިސްޓަމެއް ގާއިމުކުރަން ސިޓީ ކައުންސިލުން މީގެ ކުރިން ނިންމި ނަމަވެސް، އެ މަސައްކަތް ކުރިއަށްދިޔަ ގޮތުގެ ތަފްސީލެއް މިހާތަނަށް ސާފެއް ނުވެ އެވެ.

އާސަހަރާ ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވާފައިވުމުން، ހުޅުމާލެއަށް ދިމާވާ މިފަދަ ހާލަތްތަކުގައި މިހާރު ބޭނުންކުރަމުންދަނީ އެތަނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox