ރަސްމާލެ ޑީލުން ސަރުކާރަށް ލިބޭނެ މާލީ ފައިދާއެއް ނެތް: ޒަރިޔަންދު

ރޭ ބޭއްވި ފޯރަމުގައި ޒަރިޔަންދު ވާހަކަފުޅުދައްކަވަނީ

ރޭ ބޭއްވި ފޯރަމުގައި ޒަރިޔަންދު ވާހަކަފުޅުދައްކަވަނީ

ރަސްމާލެ މަޝްރޫއު ބޭރުގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކޮށްގެން 12 ބިލިއަނާއި 20 ބިލިއަނާ ދެމެދުގެ ބޮޑު ފައިދާއެއް ވާނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެ ޑީލުން ކުރިއަށް އޮތް 10 އަހަރު ތެރޭގައި ސަރުކާރަށް ލިބޭނެ މާލީ ފައިދާއެއް ނެތް ކަމަށް ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބޭއްވި ފުރަތަމަ ފޯރަމްގައި ޒަރިޔަންދު ވިދާޅުވީ، މާލީ ފައިދާގެ އިތުރުން، ސަރުކާރުން އެ ބުނާ އިޖުތިމާއީ ފައިދާތައް ލިބެން ވެސް ވަގުތު ނަގާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސޮއިކުރާ ދުވަހުގެ އަނެއް ދުވަހު ކުއްލިއަކަށް 5،000 ހައުސިން ޔުނިޓު އަޅައި، މީހުން އާބާދު ނުކުރެވޭނެ ކަމަށާއި އެކަމަށް ދުވަސް ނަގާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ސޮއި ކުރާ ތަނުން ވިދިގެން އަންނަ ދުވަހު ކުއްލިއަކަށް 5,000 ހައުސިން ޔުނިޓެއް އަޅައިން ބޮލަކު ނުޖެހޭނޭ. ކުއްލިއަކަށް ރަސްމާލެ އެކީގައި އެތައް އާބާދީއެއްގެ މީހުން އެތަނުގައި ދިރިއުޅޭކަށް ވެސް ނުފަށާނެ. އެތަނަށް ދުވަސް ބޭނުންވާނެ." ޒަރިޔަންދު ވިދާޅުވި އެވެ.

Advertisement

އީގަލް ހިލްސްގެ މަސައްކަތު ދުވެއްޔަށް ބަލާއިރު، ޒަރިޔަންދު ވިދާޅުވީ، ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެންމެ ގިނަވެގެން ވެސް އެޅޭނީ 3،950 ޔުނިޓު ކަމަށެވެ. އަދި، ރާއްޖޭގެ މާހައުލަށް ބަލާއިރު ހަދައި ނިމޭނީ 1،050 ޔުނިޓު ކަމަށެވެ. މީގެ އިތުރުން ބޮޑު ޓައުންޝިޕެއްގައި ހޮސްޕިޓަލް، ސްކޫލް، ޕޮލިސް ސްޓޭޝަން ފަދަ އެހެނިހެން ވަސީލަތްތައް ވެސް އެމީހުން އިންވެސްޓްކޮށްގެން ހަދަންޖެހޭތީ ގެތައް އެޅުން ލަސްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރު ކަމެއްގެ ގޮތުގައި ޒަރިޔަންދު ފާހަގަކުރެއްވީ، އީގަލްސް ހިލްސްއިން އަޅައިދޭ ހައުސިން ޔުނިޓުތަކާ ގުޅިގެން އޭނާގެ ހުރި ކަންބޮޑުވުންތަކެވެ. އެ ތަންތަން އަޅަނީ ފޭސް 3 ގައި ލަގްޒަރީ ހައުސިން ޔުނިޓުތައް ހުންނަ ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިހެންކަމުން އެއީ އާންމު ބޯހިޔާވަހިކަމަށް ދޭ ޔުނިޓުތަކެއްކަން ވެސް ކަށަވަރުނުވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. އަދި، އަންނަ އަހަރު މަސައްކަތް ފަށައިގެން 2028 ގެ ނިޔަލަށް އެތަންތަން ނިމޭނެ ކަމަށް ބުނާ ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން, ރަސްމާލޭގެ 500 ހެކްޓަރު ގާ ނުޖަހާ ހަމައެކަނި ހިއްކަން ވެސް އެވްރެޖްކޮށް 272 މިލިއަނާއި 300 މިލިއަން ޑޮލަރު ދާނެ ކަމަށާއި، މުޅި ތަން ހިއްކަން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަވާނެ ކަމަށް ޒަރިޔަންދު އަންދާޒާކުރެއްވި އެވެ. އަދި ހުޅުމާލޭ ބިމަކީ އަގުބޮޑު ބިމަކަށް ވެފައި، އެތަނުން ވެސް 10 އިންސައްތަ ސަރުކާރުން ދޭއިރު، މި މަޝްރޫއުން ސަރުކާރަށް ކުރިއަށް އޮތް 10 އަހަރު ފައިދާއެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.  

"އަޅުގަނޑުމެން މި ބަލަނީ, ސަރުކާރުން އަންދާޒާކުރާ ވަރަށް ވުރެ ލިބޭ މިންވަރު 300 މިލިއަން ޑޮލަރު ދަށްވާނެ ކަމަށް ބެލެވޭ ކަމަށް އަދި ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެތަން ހިއްކަން ދާނެ ހަރަދާއި، ހުޅުމާލެއިން ބިންދީގެން ހިއްކަންދިޔަ ހަރަދު ސަރުކާރަށް އެ ފްލެޓްތަކުން އަނބުރާ ލިބޭނެ ކަމަށް ގަބޫލެއް ނުކުރެވޭ" ޒަރިޔަންދު ވިދާޅުވި އެވެ.

ޒަރިޔަންދު ވަނީ މި މަޝްރޫއާ ގުޅިގެން ސަރުކާރުން ދައްކާ ވާހަކަތަކުގެ ހަގީގަތް ބަލައި، މި މަޝްރޫއާ  ގުޅުންހުރި މާލީ މުއާމަލާތްތައް ތަހުގީގުކުރަން ގޮވާލައްވާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox