އަތުލަން ނިންމި އެފްޑީސީގެ އެއް ފްލެޓުން ކުލި ދައްކަން އެއްބަސްވެއްޖެ

އެފްޑީސީގެ ފްލެޓުތައް -- ފޮޓޯ: އަދަދު

އެފްޑީސީގެ ފްލެޓުތައް -- ފޮޓޯ: އަދަދު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ކުލި ނުދައްކައިގެން ހުސްކުރަން އެންގި ދެ ފްލެޓުގެ ތެރެއިން އެއް ފްލެޓަކުން ކުލި ދައްކަން އެއްބަސްވެ, އަނެއް ފްލެޓުގެ ވެރިފަރާތުން ކުލި ދައްކަން ދެކޮޅު ހެދުމުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން ކުލި ނުދައްކާތީ އެ ދެ ފްލެޓް ހުސްކުރަން އެފްޑީސީން އެންގީ މި ހިނގާ އޮކްޓޯބަރު 14، ގަ އެވެ. އެ ދެ ފްލެޓުގެ "ޕޯޓަލް އެކްސެސް" ކަނޑާލައި، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެފްޑީސީ އިން އެންގި އެވެ.

މި މައްސަލައާ ގުޅިގެން "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ ފްލެޓު ހުސްކުރަން އެންގުމުން އެކަކު ވަނީ ނުދައްކާ ހުރި ކުއްޔަށްވާ ފައިސާ އެއްކޮށް ދެއްކުމަށް އެއްބަސްވެފައި ކަމަށެވެ.

ނަމަވެސް، އަނެއް ފްލެޓުގެ ވެރިފަރާތުން ކުލި ދެއްކުމަށް ދެކޮޅު ހަދާފައިވާތީ، އެތަން ހުސްކުރަން އެންގުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމްދާން ވިދާޅުވި ގޮތުގައި ކުލި ނުދައްކާތީ ހުސްކުރަން އެންގި ދެ ފްލެޓަކީ ވެސް އެތަނަށް މީހުން ވަތް ފަހުން އެއްގޮތަކަށް ވެސް ކުލި ނުދައްކާ ދިރިއުޅެމުން އައި ބަޔެކެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އަމާން ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށީ މި އަހަރުގެ ކުރީކޮޅު އެވެ. އެތަނުގައި ދިރިއުޅެމުން ދިޔަ ނަމަވެސް ބައެއް ފަރާތްތަކުން ގަވާއިދުން ފްލެޓަށް ކުލި ނުދައްކާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

އެހެންނަމަވެސް، ދެ ފްލެޓެއް ހުސްކުރަން އެފްޑީސީން ފިޔަވަޅު އެޅުމާ ގުޅިގެން، ކުލި ނުދައްކާ އުޅެމުންދިޔަ އެހެން ބައެއް މީހުން ވެސް މިހާރު ކުލި ދައްކަން ފެށުމަށް އެ ކޯޕަރޭޝަނަށް ގުޅަމުންދާ ކަމަށް އެފްޑީސީން މައުލޫމާތުދެ އެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފަހި ދިރިއުޅުން ފްލެޓުތަކުގެ ކުލީގެ ގޮތުގައި އެ ސަރުކާރުން ކަނޑައަޅާފައި އޮތީ މެއިންޓެނެންސް ފީ އާއެކު، ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް 6000ރ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް 8000ރ. އެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ ކުއްޔަށް ބަދަލު ގެނެސް، މެއިންޓެނެންސް ފީ އާއެކު، ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް 7000ރ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް 10،000ރ. ދައްކަން ޖެހޭ ގޮތަށް ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox