ސީރިއާގެ އިންގިލާބަށް ތާއީދުކޮށް މިނިސްޓަރު މުއްތަލިބު ކުރެއްވި ޕޯސްޓު ޑިލީޓު ކުރައްވައިފި

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު : ސީރިއާގެ އިންގިލާބަށް ތާއީދުކޮށް އޭނާ ކުރެއްވި ޕޯސްޓެއް ވަނީ ޑިލީޓުކޮށްފަ --- ފޮޓޯ: އަދަދު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު : ސީރިއާގެ އިންގިލާބަށް ތާއީދުކޮށް އޭނާ ކުރެއްވި ޕޯސްޓެއް ވަނީ ޑިލީޓުކޮށްފަ --- ފޮޓޯ: އަދަދު

ހަނގުރާމަވެރި ޖަމާއަތްތަކުން ސީރިޔާގެ ވެރިރަށް ދިމިޝްކު ހިފައި، އެ ގައުމުގެ ދުވަސްވީ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމާއެކު އެކަމަށް ތާއީދުކޮށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ކުރެއްވި ޕޯސްޓު ޑިލީޓު ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ސީރިޔާގެ އަހުންނާއި އުހުތުން އެތައް ޒަމާނެއް ވަންދެން އަނިޔާވެރިކަން ތަހައްމަލުކޮށްފައިވާ ކަމަށެވެ. އަދި މިއީ އެ ގައުމުގައި އަމާންކަމާއި ކުރިއެރުމުގެ ޒަމާނެއް ފެށުން ކަމުގައި ލެއްވުމަށް ވެސް މިނިސްޓަރުގެ ޕޯސްޓުގައި ދުއާ ކުރެއްވި އެވެ.

މިއަދު ހެދުނު 10:12 ގައި މިނިސްޓަރު ކުރެެއްވި ޕޯސްޓު މިހާރު ވަނީ ޑިލީޓުކުރައްވައިފަ އެވެ. ޕޯސްޓު ޑިލީޓުކުރެއްވި ސަބަބު ހޯދުމަށް "އަދަދު" ނޫހުން ގުޅުމުން މިނިސްޓަރު ފޯނަށް ޖަވާބުދެއްވާފައެއް ނުވެ އެވެ.

Advertisement

ސީރިޔާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން ދިމިޝްކު ހިފުމާއެކު ވޭތުވެދިޔަ 24 އަހަރު އެ ގައުމުގެ ވެރިކަމުގައި ހުންނެވި ރައީސް ބައްޝާރުލް އަސަދު ވަނީ ގައުމު ދޫކޮށް ފިލައިފަ އެވެ. އޭނާ މިހާރު ހުރި ގައުމެއް ސާފެއް ނޫނެވެ.

ދިމިޝްކުގައި ތިބި ސީރިއާގެ އެތައް ހާސް ސިފައިން ވެސް ވަނީ ފިލައިގެން އެހެން ތަންތަނަށް ހިޖުރަ ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަނގުރާމަވެރިން މިހާރު ވަނީ އަސަދުގެ ގަނޑުވަރަށް ވެސް ވަދެފަ އެވެ.

އަސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާއަތްތަކުގައި ދިވެހިން ވެސް ހަރަކާތްތެރިވެ އެވެ. އެގޮތުން މިދިޔަ ހަފުތާ ސީރިއާގެ ހަލަބު ސިޓީ ހިފުމުގައި އެ ގައުމުގައި ހަރަކާތްތެރިވާ ދިވެހީން ބައިވެރިވެފައިވާކަން މި ނޫހުގެ ޓީމުން ވަނީ ކަށަވަރުކޮށްފަ އެވެ.

ދިމިޝްގުގެ މަގުތައް މަތީގައި އެތައް ހާސް މީހުން ނުކުމެ އުފާ ފާޅު ކުރަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓު ކުރެ އެވެ. އޭގެ އިތުރުން މީސްމީޑިއާގައި އަލްޖަޒީރާގެ ނޫސްވެރިން ޕޯސްޓުކޮށްފައިވާ ބައެއް ވީޑިއޯތަކުން ވެސް ސީރިއާއަށް މިނިވަންކަން ލިބިއްޖެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން އުފާ ފާޅު ކުރާ މަންޒަރު ފެނެ އެވެ.

ސީރިއާގެ ދާހީލީ ހަނގުރާމަ ފެށުނީ މާޗު 2011 ގަ އެވެ. އެ ހަނގުރާމައިގެ ފެށުމަކީ މެދުއިރުމަތީގައި އުފެދުނު މިނިވަން ފިކުރު، "އަރަބި ސްޕްރިންގް" އާއެކު ސީރިއާގައި ވެސް ފެށި މުޒާހަރާތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox