މުސާރަ ނުދީގެން ބިދޭސީންތަކެއް ރައީސް އޮފީސް ދޮށަށް އެއްވެއްޖެ

Dec 7, 2024, 7:07 AM
މުސާރަ ނުދިން މައްސަލައިގައި ރައީސް އޮފީސް ދޮށަށް އެއްވި ބިދޭސީންނާ ފުލުހުން ވާހަކަދައްކަނީ: މިއީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ ބައެއް ކަމެއް އަދި ނޭނގޭ -- ފޮޓޯ: ކިޔުންތެރިއެއް

މުސާރަ ނުދިން މައްސަލައިގައި ރައީސް އޮފީސް ދޮށަށް އެއްވި ބިދޭސީންނާ ފުލުހުން ވާހަކަދައްކަނީ: މިއީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ ބައެއް ކަމެއް އަދި ނޭނގޭ -- ފޮޓޯ: ކިޔުންތެރިއެއް

ވަޒީފާ އަދާކުރާތަނުން މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ރައީސް އޮފީސް ކުރިމަތީ އޮންނަ ފާލަށް ދޮށަށް ބިދޭސީންތަކެއް މިއަދު އެއްވެއްޖެ އެވެ.

މިހާތަނަށް މި މައްސަލައާ ގުޅޭ މާ ގިނަ މައުލޫމާތެއް ނުލިބެ އެވެ. ނަމަވެސް އެ ސަރަހައްދުގައި އެ ވަގުތު ހުރި "އަދަދު" ގެ ކިޔުންތެރިއަކު ވަނީ އެ ސަރަހައްދަށް އެއްވި މީހުންނަކީ މުސާރާ ނުދީ ގިނަ މަސްތަކެއް ވެފައި ވާތީ އެކަމާ އަޑުއުފުލަން އެއްވި ބަޔެއް ކަމަށް ކަށަވަރުކޮށްދީފަ އެވެ.

ރައީސް އޮފީސް ދޮށަށް އެ މީހުން އެއްވި ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދުން އެ މީހުން ދުރުކޮށް ކުރިން ދަރުމަވަންތަ ސްކޫލު ހުރި ހިސާބާ ހަމައަށް އެ މީހުން ފޮނުވާލާފަ އެވެ. އެ ސަރަހައްދުގައި މި ވަގުތު ވެސް ފުލުހުންނާއި އިމިގްރޭޝަނުން ހަރަކާތްތެރިވަމުން އެބަދެ އެވެ.

Advertisement

މި މީހުންނަކީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ ބަޔެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ. އަދި އެ މީހުންނަށް ނުދީ ވަނީ ކިތައް މަހުގެ މުސާރަ ކަމެއް ވެސް ނޭނގެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މަސައްކަތު މީހުންނެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މި މައުލޫމާތު ކަށަވަރު ނުވާތީ މިއީ ސައްހަ މައުލޫމާތެއް ކަމެއް އަދި ޔަގީނެއް ނޫނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެ އެވެ. މިކަހަލަ މައްސަލަތަކެއްގައި ބައެއް ބިދޭސީން މުޒާހަރާކޮށް، ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ.

އޭގެ ތެރޭގައި އައިލެންޑް އެކްސްޕާޓު ކުންފުނިން މުސާރަ ނުދީގެން ހުޅުމާލޭގައި ހިނގައިދިޔަ ހާދިސާ އާއި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ހިނގަމުން ދިޔަ ބޮޑުފިނޮޅުގައި ހިނގައިދިޔަ ހާދިސާ ފާހަގަކޮށްލެވެ އެވެ. އަދި ހުޅުމާލޭގައި ޖާހު ކުންފުނިން ތަރައްގީކުރަމުން ދިޔަ "ދަ ގާޑަންސް" ރެސިޑެންސްގެ މަސައްކަތް ކުރަމުން ދިޔަ މީހުންގެ މައްސަލަ ވެސް ފާހަގަކޮށްލެވެ އެވެ.

ވަޒީފާ އަދާކުރާ މީހުންނަށް، އެއީ ދޭސީއަކަސް ބިދޭސީއަކަސް، މުސާރަ ނުދިނުމަކީ ގާނޫނީ ކުށެކެވެ. މިހެން ނަމަވެސް މިފަދަ މައްސަލަތަކުގައި ވިޔަފާރިތައް ޒިންމާދާރު ކުރެވި، އެ ވިޔަފާރިތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާފައި ވަނީ ވަރަށް މަދު ފަހަރެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox