ރިސޯޓުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަކީ ފޭރުން ކަމަށް ސިޔާމް ވިދާޅުވެއްޖެ

މީދޫ ދާއިރާގެ މެންބަރު އަދި ޓޫރިޒަމް ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް: ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މީދޫ ދާއިރާގެ މެންބަރު އަދި ޓޫރިޒަމް ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް: ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބޭރު ފައިސާގެ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަކީ ފޭރުން ކަމަށް ގިނަ ރިސޯޓުތަކެއް ހިންގަވާ ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ ޓޫރިޒަމް ސިނާއަތަށް އަސަރުކުރާ ގޮތަށް ގެންނަ ބަދަލުތަކާ ގުޅިގެން އޭގެ ނުރަނގަޅު އަސަރު ވިޔަފާރިއަށް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޑޮލަރު މާރުކުރުމެވެ.

"އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން މީކީ 500 ޑޮލަރު ބޮލެއްގެ މައްޗަށް އެކްސްޗޭންޖު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ކުރެވޭނެ ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެން ކައިރީ ދެއްކީމައި އެކަން ކުރެވޭނެ. އެހެން ނަމަވެސް މަޖުބޫރުކޮށްފިއްޔާ އެކަން ކުރަން މަޖުބޫރު ވާނެ. ދެން އަހަރަމެން ކުންފުނިތާ ހަލާކު ވާނީ،" ސިޔާމް ވިދާޅުވި އެވެ.

ޑޮލަރު މާރުކުރުން ގޯސް ކަމަށް ސިޔާމް ގަބޫލުކުރައްވާ ސަބަބުތަކުގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންގެ ހުރި ކަންބޮޑުވުންތަކާއި މުވައްޒަފުންނާ ގުޅޭ ބައެއް ކަންކަން ވެސް ހިއްސާކުރެއްވި އެވެ.

ސިޔާމް ވިދާޅުވީ މިހާރު އޭނާ ދިވެހި މުވައްޒަފުންނަށް މުސާރަ ދެނީ ޑޮލަރުން ނަމަވެސް މުސްތަގުބަލުގައި އެ މުވައްޒަފުންނަށް ވެސް މުސާރަ ދޭން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރިވެރިންނަށާއި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އެންމެނަށް ވެސް ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކިހިނެއްތޯ ތިބޭފުޅާ އަތުގައި އޮތް ހަލާލު އެއްޗެއް. އޮވެފައި ތިމަންނަ ބޭނުމޭ ލަކުޑި ބުރިއެއް، ކަލޭ ކަލޭ އަތުގައި އޮތް ރަންބުރި ދޭށޭ ތިމަންނައަށް. އެއީއެއް ނޫންތޯ މި ބުނާ އެއްޗަކީ. އަޅުގަނޑުމެންގެ ހަލާލު ފައިސާއެއް ނޫންތޯ އެއީ. ކިހިނެއްތޯ އަޅުގަނޑުގެ އޮތް އެއްޗެއް އަތުލަން ދިމާކުރަނީ. އެއަށް ކިޔާނީ ފޭރުން. އެ ފޭރިގެންނެއް ނުވާނެ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ސިޔާމް މި މޭރުމުން ވާހަކަ ދެއްކެވިއިރު، ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އެހެން ދިވެހި ވިޔަފާރިވެރިން ވެސް ވަނީ ޑޮލަރު މާރުކުރުމުގެ ސިޔާސަތާ ދެކޮޅު ކަން ހާމަކުރައްވާފަ އެވެ. އަދި އެ ގޮތަށް ޑޮލަރު މާރުނުކުރެވޭނެ ކަން އަންގައި އެ ގަވާއިދު ބަދަލުކުރަން މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި ސަރުކާރުގައި އެ ވިޔަފާރިތަކުން އެދިފައިވެ އެވެ.

އެކަމަކު ސަރުކާރާއި އެމްއެމްއޭގެ ވެސް ވިސްނުން ހުރީ މިހާރު އޮތް ގޮތަށް ގަވާއިދު ބާއްވައިގެން ޑޮލަރު މާރުކުރުން ތަންފީޒުކުރާށެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުވެ، ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުން ހުއްޓުވަން މަގުފަހި ކުރެވޭނެ ކަމަށް ވެސް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

މި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ޓޫރިޒަމް ވިޔަފާރިތަކަށް ހުރި ފައިނޭންސިން މައްސަލަތައް ވެސް ހައްލުކުރެވޭނީ މި ގޮތަށް ސިޔާސަތު ތަންފީޒުކޮށްގެން ކަމަށެވެ. އަދި އެ ސިނާއަތުގެ ކަންބޮޑުވުމެއް ހުރި ނަމަ މަޝްވަރާގެ މޭޒަށް އަންނަން އޭނާ އެ ދުވަހު ދައުވަތު ދެއްވި އެވެ.

އޭގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ، މިހާރު ގެނެސްފައިވާ ބަދަލުތަކަކީ ޑޮލަރު މައްސަލައިގެއް ހައްލު ކަމަށް ސިފަކުރައްވާ އެކި މަންސަތަކުގައި ވާހަކަ ދައްކަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox