ބަޖެޓު 2025: މަޝްރޫއުތައް ހިންގަން ހިމަނާފައިވާ ފައިސާ ހަރަދު ކުރާނެ ގޮތުގެ ތަރުތީބެއް މުއްތަލިބަށް ވެސް ނޭނގޭ

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ: ރައީސް އޮފީސް

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ރާއްޖޭގެ ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް ހަރަދު ކުރަން ކަނޑައަޅާފައިވާ ފައިސާ ހަރަދު ކުރާނެ ގޮތުގެ ތަރުތީބެއް އަދި ނޭނގޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކާއި މިހާރު ހުއްޓިފައި ހުރި މަޝްރޫއުތައް އަންނަ އަހަރު ފެށޭނެ ތާރީހާ ގުޅޭ ގޮތުން އެކި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މަޝްރޫއުތައް ހިންގަން ހިމަނާފައިވާ ފައިސާ ހަރަދު ކުރާނެ ތަރުތީބެއް އޭނާއަށް އަދި ނޭނގޭ ކަމަށެވެ.

"އަޅުގަނޑަށް މިވަގުތު ބަޖެޓުގެ ޕްރޮޖެކްޓުތައް ހިންގަން ކަނޑައަޅާފައި އޮތް ތަރުތީބެއް ދަންނަވާކަށް ނޭނގޭ. އެއީ މި ދެންނެވި ގޮތަށް ނީޑް ބޭސިސް އާއި އެ ކަން ކުރަންޖެހޭ ތަރުތީބަށް ބަލާފައި ކުރިއަށް ގެންދާނީ، ދެން އޭގެ ތަފުސީލު އަޅުގަނޑަށް ގަބޫލު ކުރެވެނީ ވީހައިވެސް އަވަހަކަށް މަޖިލީހަށް ސަބްމިޓް ކުރާނެ ކަމަށް ސަރުކާރުން އެކަން ކަނޑައަޅައި ފައިނަލް ކޮށްފައި،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތައް ވެސް އަދި މިހާރު ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނީ އެންމެ އިސްކަން ދޭ ތަރުތީބެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ތަރުތީބެއް ކަނޑައެޅުމުގައި ބަލާނީ އެންމެ ގިނަ ރައްޔިތުންނަށް ފައިދާ ލިބޭނެ މަޝްރޫއުތަކަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ،

"ސޮއިކޮށްފައި ހުރި މަޝްރޫއުތައް ގިނަކަމުން އަޅުގަނޑުމެން ތަރުތީބެއްގެ ތެރެއިން ވީހައިވެސް ގިނަ ރައްޔިތުންނަށް އޭގެ މަންފާ އުސޫލުން ޕްރޮޖެކްޓުތައް ކުރިއަށް ގެންދާނީ، އެހެންވީމާ އެ އުސޫލުން އަޅުގަނޑުމެންނަށް އޮންނަ ޕްރައޮރިޓީ ލިސްޓެއްގެ ތެރެއިން މަޝްރޫއުތައް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވައިލަން،" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު އެހެން ވިދާޅުވިއިރު، ރަށްރަށުގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފުސީލު އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައި ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ކަންބޮޑުވުން ފާޅު ކުރާ ގިނަ މީހުން ބުނަނީ އެގޮތަށް ކަން ކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ބަޖެޓު ދިރާސާ ކުރި ކޮމިޓީން ވަނީ ސަރުކާރުން ހިންގާ ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ ޕްރޮގްރާމު (ޕީއެސްއައިޕީ) ގައި ހިމެނޭ މަޝްރޫއުތަކުގެ ތެރެއިން އަންނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާ މަޝްރޫއުތަކުގެ ލިސްޓެއް އެ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ރިކޮމެންޑޭޝަނެއްގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމުގައި އޮތީ ޕީއެސްއައިޕީ ޕައިޕްލައިންގައިވާ މަޝްރޫއުތައް ހަމައަށް އަގުކޮށް، ރޭޝަނަަލައިޒްކޮށް ތަރުތީބު ކުރުމަށް ފަހު ތިން ކަމެއް ކުރަން ސަރުކާރަށް އަންގާށެވެ.

އެއް ކަމަކީ އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގެ ލިސްޓެއް، ރަށްތައް އެނގޭނެހެން، މަޖިލީހާ ހިއްސާކުރުމެވެ. ދެވަނަ ކަމަކީ އެކިއެކި ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫއުތަކާއި ކުރިއަށް ނުދާނެ މަޝްރޫއުތަކުގެ ލިސްޓެއް މާޗު މަސް ނިމުމުގެ ކުރިން މަޖިލީހާ ހިއްްސާކުރުމެވެ.

ތިން ވަނަ ކަމަކީ ޕީއެސްއައިޕީގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހެޅުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox