މިދިޔަ ސަރުކާރުން ސޮއިކޮށްފައި ހުރީ ދައުލަތުގެ ބަޖެޓުން ނުހިންގޭނެހައި ގިނަ މަޝްރޫއު: މުއްތަލިބު

މަޖިލީހުގެ މެންބަރަކު ކުރި ސުވާލަކަށް މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މެންބަރަކު ކުރި ސުވާލަކަށް މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ބަޖެޓުން ނުހިންގޭނެހައި ގިނަ މަޝްރޫއު ހިންގަން މިދިޔަ ސަރުކާރުން ސޮއިކޮށްފައި އެބަހުރި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބި ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ މިދިޔަ ސަރުކާރުން ސޮއިކޮށްފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ކޮންސްޓްރަކްޝަން މިނިސްޓަރީގައި ހުރި މަޝްރޫއުތަކުގެ އަގު އެކަނި ވެސް 39 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"ހަމައެކަނި ކޮންސްޓްރަކްޝަން މިނިސްޓަރީގައި އެބަހުރި 39 ބިލިއަން ރުފިޔާގެ މަޝްރޫއު ސޮއިކޮށްފައި. މިއީ ދައުލަތުގެ އެއްވެސް ބަޖެޓެއްގެ ތެރެއިން ކުރެވޭނެ އަދަދެއްގެ މަސައްކަތެއް ނޫން. 39 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އާމްދަނީގެ ގޮތުގައި ވެސް ނުލިބޭ އަހަރެއްގެ ތެރޭގައި، އެހެންވީމާ ކިހިނެއްތޯ އަޅުގަނޑުމެން 39 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނީ،" މުއްތަލިބު ވިދާޅުވި އެވެ.

"2023 ވަނަ އަހަރު ވަރަށް ގިނަ މަޝްރޫއުތަކެއް ސޮއިކޮށްފައި ފަށާފައި އެބަހުއްޓޭ، އެއީކީ ދައުލަތެއްގެ ބަޖެޓެއްގެ ތެރެއިން ހަރަދު ކުރެވޭނެ ވަރުގެ އަދަދެއް ނޫނޭ."

މުއްތަލިބު ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ދިވެހި ދައުލަތަށް ލިބޭ އާމްދާނީ އާއި ލޯނުތަކުން ލިބޭ ފައިސާއަށް ވެސް ބަލަންޖެހޭ ކަމަށެވެ.

މިދިޔަ ސަރުކާރުން ބަޖެޓު ފާސްކޮށްފައި އޮތީ ކޮންމެ މަޝްރޫއުއަކަށް ވެސް ކުޑަ އަދަދެއް ޖަހައިގެން ކަމަށް މި ސަރުކާރުން ބުނާ ވާހަކަ މުއްތަލިބު ވެސް ތަކުރާރު ކުރެއްވި އެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ބަޖެޓުގައި އެކަންކަމަށް ވިސްނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"2025 ވަނަ އަހަރުގެ ބަޖެޓު އަޅުގަނޑުމެން ހަދާފައި އެއޮތީ މި ދެންނެވި ގޮތަށް އެންވެލޮޕެއްގެ ތެރެއިން މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތަށް، އެހެންވީމާ އަޅުގަނޑުމެންނަށް ކުރިއަށް ގެންދަން ފުރުސަތު ލިބޭ ވަރަކަށް ހުރިހާ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާ ގޮތަށް،" މުއްތަލިބު ވިދާޅުވި އެވެ.

މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ބުނި ވަރަށް ގިނަ ޕްރޮޖެކްޓު ނުހިނގާ ކަމަށް މީގެ ކުރިން މުއްތަލިބު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

"ސުވާލަކީ ކީއްވެތޯ ޕްރޮޖެކްޓުތައް ނުހިނގަނީ؟ އާދެ، ވަރަށް ބައިވަރު ޕްރޮޖެކްޓުތައް އެބަ ހިނގާ. އެހެން ނަމަވެސް ވަރަށް ބައިވަރު ޕްރޮޖެކްޓުތައް ނުހިނގާ ތަން ވެސް ފެންނާނެ. އޭގެ ސާފު ޖަވާބަކީ، ސޮއިކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ މި ދެންނެވި ގޮތަށް ބައިކުޅަބަޔަށް ބަޖެޓުގައި ހިމެނިފައި އޮތުން،" މުއްތަލިބު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox