ބަންގްލަދޭޝް ކޯޗުގެ ތައުރީފު ރާއްޖޭގެ ކީޕަރު ހުސެން އަށް

Nov 14, 2024, 4:49 AM
މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ކީޕަރު ހުސެން: އޭނާ ވަނީ އިއްޔެގެ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފައި.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ކީޕަރު ހުސެން: އޭނާ ވަނީ އިއްޔެގެ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފައި.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ފީފާ ރަޖިސްޓާޑް އެކުވެރިކަމުގެ މެޗެއްގައި އިއްޔެ ރާއްޖޭން 1-0 އިން ބަންގްލަދޭޝް ބަލިކުރި މެޗުގައި ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން)ގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ ތައުރީފުކޮށްފި އެވެ.

ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސް އެރީނާގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ކީޕަރު ހުސެން ވަނީ ބަންގްލަދޭޝް އިން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އެއްވެސް ފެންވަރެއްގެ ރަސްމީ މެޗެއްގައި ކުޅެން ނުކުމެ، ހުސެން އިއްޔެ ދެއްކި ކުޅުމަށް ގިނަ ދިވެހި ސަޕޯޓަރުން ވެސް ތައުރީފުކުރި އެވެ.

އިއްޔެގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކަބްރޭރާ ބުނީ، މިއީ އޭނާ ބަންގްލަދޭޝް ޓީމާ ހަވާލުވެ، އެ ޓީމު ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ގިނައިން ގޯލު ޖަހާނެ ފުރުސަތު ލިބިގެންދިޔަ މެޗު ކަމަށެވެ. އެކަމަކު، އޭގެއިން އެއްވެސް ފުރުސަތެއް ގޯލަކަށް ހަދައިނުލެވުމުގެ އެއް ސަބަބަކީ، ރާއްޖޭގެ ކީޕަރު ހުސެންގެ ހުށިޔާރުކަން ކަމުގައި ކަބްރޭރާ ވަނީ ފާހަގަކޮށްފަ އެވެ.

"ވަރަށް އުނދަގޫ ހަގީގަތުގައި މި ކުރެވޭ އިހުސާސް ބުނެދޭން. އެއީ އަހަރެމެން ވަރަށް ރަނގަޅަށް ކުޅެ، މަސައްކަތް ކޮށްފައި އެއްޗެއް ހާސިލްނުވެ މިދިޔައީ، އެ މީހުންގެ ކީޕަރު (ހުސެން)ގެ ވަރަށް ރަނގަޅު ދުވަހަކާ މި ދިމާވީ،" ކަބްރޭރާ ބުންޏެވެ.

ކަބްރޭރާ ވަނީ ރާއްޖޭން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، އަލީ ފާސިރު (ސެންޓޭ) ބޮލުން ކާމިޔާބުކުރި ގޯލުގައި ވެސް ބަންގްލަދޭޝްގެ ކުޅުންތެރިންގެ ފަރުވާކުޑަކަން ފެނިގެންދިޔަ ކަމަށެވެ. އަދި އެއީ ވިސްނައިގެން ހުރި ނަމަ ބަންގްލަދޭޝް ކޮޅަށް ވަންނާނެ ގޯލެއް ނޫން ކަމަށެވެ.

ކީޕަރު ހުސެން އެންމެ ފަހުން ކުޅެފައިވާ ރަސްމީ މެޗުތަކަކީ ވެސް ގައުމީ ޓީމުގެ މެޗުތަކެވެ. އެއީ، މިދިޔަ އަހަރު އޮކްޓޫބަރު މަހު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކެވެ.

ގައުމީ ކޯޗު އަލީ ސުޒޭން ވެސް ވަނީ ކީޕަރު ހުސެންގެ ކުޅުން ފާހަގަކޮށްފަ އެވެ. އެ ގޮތުން, ހުސެން މި މެޗުގައި އާދަޔާހިލާފު ދެ ބޯޅައެއް ހުއްޓުވާފައިވާ ކަމަށާއި އެއީ އެހެން ނޫންނަމަ އެއީ ދެ ގޯލު ވަންނާނެ ފަހަރެއް ކަމަށް ވެސް ސުޒޭން ވަނީ ބުނެފަ އެވެ.

ބަންގްލަދޭޝާއި ރާއްޖެ ކުޅޭ އެކުވެރިކަމުގެ ދެ ވަަނަ މެޗު އޮންނާނީ ހޮނިހިރު ދުވަހު ހަވީރު އެވެ. ކަބްރޭރާ ވަނީ އެ މެޗުން މޮޅުވާން ވަރަށް ގިނަ ކަންކަން ބަންގްލަދޭޝް އިން ރަނގަޅުކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަބްރޭރާގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. މުސްތަގުބަލާ ގުޅޭގޮތުން ކުރި ސުވާލަށް ކަބްރޭރާ ބުނީ ވިސްނަނީ، ހަމައެކަނި ކުރިއަށް އޮތް މެޗަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox