މުސްކުޅިންގެ ޕެންޝަން ޓާގެޓުކޮށް، ތަނަވަސް މީހުން އިސްތިސްނާކުރަނީ

ރ. މާކުރަތުގައި އުމުރުން ދުވަސްވީ މީހުންތަކެއް ސައްލާކުރަނީ: މިހާރު ޕެންޝަން ލިބޭ އެއްވެސް މީހަކު އުނިނުވާނެ ކަމަށް ސަރުކާރުން ބުނޭ -- އަދަދު ފައިލް ފޮޓޯ

ރ. މާކުރަތުގައި އުމުރުން ދުވަސްވީ މީހުންތަކެއް ސައްލާކުރަނީ: މިހާރު ޕެންޝަން ލިބޭ އެއްވެސް މީހަކު އުނިނުވާނެ ކަމަށް ސަރުކާރުން ބުނޭ -- އަދަދު ފައިލް ފޮޓޯ

އަންނަ އަހަރުގެ އޭޕްރީލުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަސާސީ ޕެންޝަން (ބޭސިކް ޕެންޝަން) އިނާޔަތް ދޭ ގޮތް ބަދަލުކޮށް، އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ތެރެއިން 65 އަހަރު ވެފައިވާ މީހުންނަށް އެކަނި ލިބޭ އިނާޔަތަކަށް ހަދަން ސަރުކާރުން ނިންމައިފި އެވެ.

މިހާރު އަސާސީ ޕެންޝަން ނިޒާމު އޮންނަ ގޮތުން، 65 އަހަރުން މަތީގެ އެންމެނަށް އަސާސީ ޕެންޝަން ލިބެ އެވެ. ސަރުކާރުން ހުށަހަޅާފައި ވަނީ ފޯރުންތެރިކަން ހުންނަ މީހުން މި ނިޒާމުން އިސްތިސްނާކޮށް، އަސާސީ ޕެންޝަން ވެސް "ޓާގެޓަޑް" ޕެންޝަނަކަށް ނުވަތަ ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ލިބޭ އިނާޔަތަކަށް ހެދުމަށެވެ.

ބަޖެޓު ޕޮޒިޝަން ރިޕޯޓުގައި ފިނޭންސް މިނިސްޓްރީން ބަޔާންކޮށްފައިވާ ގޮތުގައި، އަންނަ އަހަރު ޕެންޝަނަށް ހިނގާނެ ކަމަށް ލަފާކުރާ، 1.8 ބިލިއަން ރުފިޔާ މި އަހަރުގެ މި ބަޔަށް ހިނގާނެ ހަރަދަށް ވުރެ ދަށްވީ މި ސަބަބާ ހުރެ އެވެ. މި އަހަރުގެ ތެރޭގައި ޕެންޝަނަށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައި ވެ އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ދޭ ޕެންޝަން ޓާގެޓު ކުރި ނަމަވެސް، މިހާރު ޕެންޝަން ލިބޭ އެއްވެސް މީހަކު އެ ނިޒާމުން އިސްތިސްނާ ކުރާކަށް ސަރުކާރުގެ ވިސްނުމެއް ނެތެވެ. ފިނޭންސުން ބުނެފައި ވަނީ ޓާގެޓުކޮށް އަސާސީ ޕެންޝަން ލިބިގެން ދާނީ އަލަށް ޕެންޝަން ލިބޭ މީހުންނަށް އެކަނި ކަމަށެވެ.

ފިނޭންސުން ބުނި ގޮތުގައި، މި ބަދަލުތަކުގެ ބަަބުން ދައުލަތުގެ ޕެންޝަނުގެ އިނާޔަތަށް ކުރާ ހަރަދުތައް ވަކި މިންގަނޑެއްގައި ހިފެހެއްޓި މަސައްކަތްތެރިންގެ މެދުގައި އެއް ހަމަ ގޮތެއްގައި ކުރިއަަށް އޮތް ތަނުގައި ތަންފީޒު ކުރެވިގެންދާނެ އެވެ.

ހަމަ އެހެންމެ މި ބަދަލަކީ ހައްގުވެރިންނަށް ލިބޭ ޕެންޝަންގެ އިނާޔަތަށް އުނިކަމެއް ނުގެނެސް، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް ރާއްޖޭގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ފިނޭންސުން ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox