ހަ ކިލޯއެއްހާ ޑްރަގު އެތެރެކުރަން އުޅުނު މައްސަލައެއްގައި ތިން މީހުން ބަންދުކޮށްފި

Nov 3, 2024, 11:33 AM
މި މައްސަލައިގައި ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހުން: ފުލުހުން ބުނީ އެ މީހުން އަތުލައިގަތީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގުމަށް ފަހު ކަމަށް -- ފޮޓޯ: ފުލުހުން

މި މައްސަލައިގައި ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހުން: ފުލުހުން ބުނީ އެ މީހުން އަތުލައިގަތީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގުމަށް ފަހު ކަމަށް -- ފޮޓޯ: ފުލުހުން

ހަ ކިލޯއާ ގާތްކުރާ އަދަދެއްގެ ޑްރަގު އެތެރެކުރަން އުޅުނު މައްސަލައެއްގައި ތިން މީހަކު، އެ މީހުން ބަންދުގައި ބައިތިއްބައިގެން އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މީހުން ހައްޔަރުކުރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ ގޮތުން ނިމުނު މަހުގެ 31، ގައި ހިންގުނު އޮޕަރޭޝަންގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ފަސް ކިލީ 936 ގްރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ.

ޑްރަގު އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. އެ މީހުންނަކީ:

Advertisement
  • ހއ. ދިއްދޫ / ފާގަތިގެ، އަަހުމަދު ނަޒީރު (45އ)
  • ގއ. ކަނޑުހުޅުދޫ / ނެސްޓް، އަލީ އައިހަމް (18އ)
  • ރޮހަމާން، ބަނގްލަދޭޝް (29އ) އެވެ.

މި ތިން މީހުންގެ ތެރެއިން ނަޒީރު ހައްޔަރުކުރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ދެން ތިބި ދެ މީހުން ހައްޔަރުކުރީ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގު އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިގަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި މާލެއިންނެވެ.

ފުލުހުން ބުނީ މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ނަޒީރު ފަސް ދުވަހަށް، އައިހަމް 10 ދުވަހަށް އަދި ރޮހަމާން ހަތް ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ސިދާ ނުބުނި ނަމަވެސް، ބެލެވޭ ގޮތުގައި މި ތިން މީހުންނަކީ ކަސްޓަމްސްއިން އިއްޔެ އާންމުކުރި މައްސަލައިގައި ހިމެނޭ މީހުންނެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި މި މައްސަލައިގައި އަތުލައިގަތީ 5520 ގުރާމުގެ ކެނެބިސް އަދި 416 ގުރާމުގެ ކެތިނޯން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox