ރާއްޖެ އެތެރެކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސް އިން ބުރާސްފަތި ދުވަހު އަތުލައިގެން މަސްތުވާތަކެތި ތަކެއް --- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް އިން ބުރާސްފަތި ދުވަހު އަތުލައިގެން މަސްތުވާތަކެތި ތަކެއް --- ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޖުމްލަ 5.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ އޮކްޓޯބަރު 31 ގައި ކަމަށެވެ. މީގެތެރޭގައި ހިމެނެނީ 5520 ގުރާމުގެ ކެނެބިސް އަދި 416 ގުރާމުގެ ކެތިނޯން އެވެ.

މި ތަކެތި އެތެރެކުރަން އުޅުނު މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ކަނޑުމަގުން ރާއްޖެ އެތެރެކުރަމުން ދިޔަ މަސްތުވާތަކެތި މިހާރު ވައިގެ މަގުން މަދު އަދަދުތަކުން އެތެރެކުރަމުންދާ ކަމަށް މިދިޔަ މަހުގެ ތެރޭ ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވިދާޅުވި އެވެ.

އޮކްޓޯބަރު 22، ގައި ރައީސް އޮފީހުގައި ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މި ވެރިކަމުގައި އަތުލައިގެން މަސްތުވާތަކެތީގެ ތަފުސީލުތައްވެސް ހާމަކޮށްފަ އެވެ.

އެގޮތުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 11 މަަސްދުވަހުގެ ތެރޭގައި 177 ކިލޯގެ މަސްތުވާތަކެއްޗާއި 8300 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު އަތުލައިގެންފައިވާ ކަމަށެވެ.

"17 ނޮވެމްބަރު 2023 އިން 20 އޮކްޓޫބަރު 2024 ގެ ނިޔަލަށް 177 ކިލޯ ގުރާމަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލެވިފައި އަދި ހަމައެއާ އެއްކޮށް 8300 އަށްވުރެ ގިނަ ބަނގުރާ ފުޅި އަދި ދަޅު ހިމަނައިގެން އެ އަދަދަށް އަޅުގަނޑުމެންނަށް ވަނީ އަތުލެވިފައި، މިއީ ގާތްގަނޑަކަށް މަގުމަތީގެ މި ތަކެތީގެ އަގަށް ބަލާކަމުގައި ވެއްޖެއްޔާ 328 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތީގެ ވާހަކަ އަޅުގަނޑު މި ދައްކަނީ،" އެދުވަހު ޝުޖާއު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox