އަންނަ އަހަރު ޓެކްސްތަކާއި ފީތަކާއި ބިމު ކުލިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން: ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ސީދާ ގުޅެނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަމާ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން: ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ސީދާ ގުޅެނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަމާ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދައުލަތަށް ޑޮލަރުން ދައްކަން ޖެހޭ ޓެކްސްތަކާއި ފީތަކާއި ބިމު ކުލިން އަންނަ އަހަރު ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުން ދައްކައިފި އެވެ.

ޑޮލަރުން ލިބޭ އާމްދަނީގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާއިން ނަގާ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) އާއި ގްރީން ޓެކްސް އާއި އެއާޕޯޓު ޑިޕީޗާ ޓެކްސް (އޭޑީޓީ) ގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުން ލިބޭ ބިމު ކުއްޔާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އެވެ.

ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރު މި ދާއިރާތަކުން އާމްދަނީގެ ގޮތުގައި 17.7 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އެއީ ރަސްމީ އެކްސްޗޭންޗު ރޭޓުގައި ހިސާބުކުރާއިރު، 1.1 ބިލިއަން ޑޮލަރެވެ. އަދި ކުރީގެ ބަޖެޓު ފޮތްތަކުން ފެންނަން ހުރި އަދަދުތަކާ އަޅާކިޔާއިރު، އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ފުރަތަމަ އަހަރެވެ.

ޑޮލަރުން ލިބޭ އާމްދަނީ

  • 2023 - 876 މިލިއަން ޑޮލަރު
  • 2024 - 914.9 މިލިއަން ޑޮލަރު
  • 2025 - 1.1 ބިލިއަން ޑޮލަރު

ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ އަދަދުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު ބަޔެއް ހިއްސާކުރަނީ ޓީޖީއެސްޓީ އެވެ. ޓީޖީއެސްޓީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޑޮލަރުން ބަލާކަމުގައި ވަނީ ނަމަ އެއީ 642 މިލިއަން ޑޮލަރެވެ.

ކުރީ އަހަރުތަކަށް ވުރެ އަންނަ އަހަރު ޑޮލަރުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރާ ސަބަބަކީ ޓޫރިސްޓުން އަންނަ އަދަދާއެކީ އަންނަ އިތުރުވުމާ އެކީ، އަންނަ އަހަރުގެ ތެރޭގައި ބައެއް ޓެކްސްތަކާއި ފީތަކަށް ގެންނަ ބަދަލުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އަންނަ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުން
  • އިކޮނޮމީ ކްލާސް ނޫން ކްލާސްތަކުން ދަތުރުކުރާ ދިވެހިން ނޫން އެންމެންގެ އަތުން ނަގާ ޑިޕާޗާ ޓެކުހާއި ޑިވެލޮޕްމަންޓް ފީ ބޮޑުކުރުން
  • އަންނަ ޖެނުއަރީން ފެށިގެން ރިސޯޓުތަކާއި ބޮޑެތި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ނަގާ ހަ ޑޮލަރު 12 ޑޮލަރަށް ބޮޑުކުރުން، އަދި 50 ކޮޓަރިއަށް ވުރެ މަދުން ހުންނަ ތަންތަނުން ނަގާ ތިން ޑޮލަރު ހަ ޑޮލަރަށް ބޮޑުކުރުން

ޓެކްސްތަކާއި ފީތަކުގެ އިތުރުން، ޑޮލަރުން އާމްދަނީ ލިބޭ މީހުންނާއި ވިޔަފާރިތަކުން އިންކަމް ޓެކްސް ވެސް މިހާރު ދައްކަން ޖެހެނީ ޑޮލަރުންނެވެ. މިހެންކަމުން މި ދާއިރާތަކުން ވެސް ސީދާ ޑޮލަރު ދައުލަތަށް ރަނގަޅު އާމްދަނީއެއް ލިބޭނެ އެވެ. އެކަމަކު ބަޖެޓުގައި މި ދާއިރާތަކުން ލިބޭނެ ޑޮލަރު އާމްދަނީ ވަކިން ފެންނަ ގޮތަށް އަންދާޒާތައް ނުހިމަނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox