ޓްރިންޑާޑް ކޯޗުކަން ޔޯކް އަށް ދީފި

Nov 2, 2024, 2:57 AM
ޓްރިންޑާޑް ކޯޗުކަން ޔޯކް އަށް ދީފި

ލަންޑަން (ނޮވެމްބަރު 2) - މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ޑްވައިޓް ޔޯކް އަށް އޭނާގެ ގައުމު ކަމަށްވާ ޓްރިންޑާޑް އެންޑް ޓޮބާގޯގެ ކޯޗުކަން ދީފި އެވެ.

ޓްރިންޑާޑް ޓީމަށް 72 މެޗު ކުޅެދީފައިވާ، ޔޯކް، 52، ވަނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ޓްރިންޑާޑް ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. ޓްރިންޑާޑް ޓީމަށް 1989 އިން 2009 އާ ހަމައަށް ކުޅުމަށް ފަހު ރިޓަޔާކުރި ޔޯކް ވަނީ އެ ޓީމަށް 19 ގޯލު ޖަހައިދީފަ އެވެ.

ކުޅުމުން ރިޓަޔާކުރުމަށް ފަހު ކުރު މުއްދަތެއްގައި ޔޯކް ވަނީ 2009 ވަނަ އަހަރު ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. މިއީ، ފުލް ޓައިމް ކޯޗެއްގެ ގޮތުގައި ޔޯކްގެ ދެ ވަނަ މަސައްކަތެވެ. މީގެ ކުރިން، އޭނާ ވަނީ އޮސްޓްރޭލިއާގެ އޭ ލީގުގައި، 2022/2023 ވަނަ ސީޒަނުގައި، މެކަތާގެ ކޯޗަކަށް ހުރެފަ އެވެ.

ޔޯކް ބުނީ ގައުމީ ޓީމުގެ ކޯޗުކަން ކުރުމަކީ ލިބުނު ފަހުރެއް ކަމަށެވެ.

"މީގެ ކުރިން 2000 ވަނަ އަހަރު ކޮންކަކަފް ގޯލްޑް ކަޕްގެ ސެމީ ފައިނަލަށް ގެންދިއުމާއި 2006 ވަނަ އަހަރު ވޯލްޑް ކަޕްގެ ޓީމުގެ ކެޕްޓަންކަން ކުރުމާއި ޓީމުގެ އެސިސްޓަންޓް ކަން ކުރުމަކީ ވެސް ފަހުރުވެރި ކަންތައް. ދެން، މި ފަހަރު ހެޑް ކޯޗަކަށް ހުންނަން މި ލިބުނު ފުރުސަތަކީ ވެސް ބޮޑު އުފަލެއް، ފަހުރެއް،" ޔޯކް ބުންޏެވެ.

މެކަތާގެ ކޯޗަކަށް ހުރިއިރު، ޔޯކް ވަނީ 19 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެފަ އެވެ. އަދި އެ ޓީމާ އެކު، އޮސްޓްރޭލިއަން ކަޕް ކާމިޔާބުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox