ދީބާޖާއަށް 65 މިލިއަން ރުފިޔާ ހައްގެއް ނޫން، ފައިސާ އަނބުރާ ހޯދަން ޖެހޭ: އޮޑިޓު

ދީބާޖާއަށް 65 މިލިއަން ރުފިޔާ ހައްގެއް ނޫން، ފައިސާ އަނބުރާ ހޯދަން ޖެހޭ: އޮޑިޓު

ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓްސްއާ އެކީ ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި، ކުރީ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓިގެ ލަފާގެ މަތިން ގެއްލުމުގެ ބަދަލުގައި ގޮތުގައި 64 މިލިއަން ރުފިޔާ ދިނީ ގޯސްކޮށް ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

ދިބާޖާއަށް ބަދަލު ދިން މައްސަލައިގަ އޮޑިޓާ ޖެނެރަލް އޮފީހުން ކުރި ހާއްސަ އޮޑިޓަކަށް ފަހު ނެރުނު ރިޕޯޓުގައިވާ ގޮތުގައި، އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭނެ އަދަދު ކަނޑައެޅީ އެއްބަސްވުން ދެމި އޮތް މުއްދަތުގެ ތެރޭގައި އެ ކުންފުނިން ކުރި ހަރަދުތަކާއި އެ ކުންފުނީގެ މާލީ ހިސާބުތަކަށާއި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބުނު އެހެން މާލީ މަންފާތަކަށް ރިއާޔަތްނުކޮށް ކަމަށެވެ.

ސެޓްލްމަންޓް އެއްބަސްވުމުގައި އޮތީ، ކެޕިޓަލް އިންވެސްޓްމަންޓުގެ ބަދަލުގެ ގޮތުގައި 14.7 މިލިއަން ރުފިޔާ އަދި އެއްބަސްވުން ދެމި އޮތް މުއްދަތުގެ ތެރޭގައި ހިދުމަތް ފޯރުކޮށްދީގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 49.5 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށެވެ. މި އަދަދުތަކަކީ ދީބާޖާއިން ހުށަހެޅި އަދަދުތަކެވެ. އޮޑިޓުގައި މައްސަލައެއްގެ ގޮތުގައި ފާހަގަކުރީ، ހަމައެކަނި އެ ކުންފުނިން ހުށަހެޅި އަދަދުތަކުގެ މައްޗަށް ބަލާފައި ބަދަލުގެ އަދަދު ކަނޑައަޅާފައި އޮތުމެވެ.

Advertisement

ކެޕިޓަލް އިންވެސްޓްމަންޓުގެ ގޮތުގައި ދީބާޖައިން ހުށަހެޅި އަދަދުގެ ތެރޭގައި ހިމެނެނީ، 12 ފެރީ ބަނުމުގެ ހަދާފައިވާ ކޮންޓްރެކްޓުގެ އަގު ކަމުގައިވާ 11.9 މިލިއަން ރުފިޔާ އާއި އެ އުޅަނދުތައް ބަންނަން ރާއްޖެއަށް އެެތެރެކުރި މުދަލުގެ އަގަށްވާ 2.7 މިލިއަން ރުފިޔާ އެވެ.

ބަދަލުގެ ތެރޭގައި މި ފައިސާ އެއްކޮށް ހިމެނިއިރު، އޮޑިޓުގައި ވަނީ ފެރީ ބަނުމުގެ ކޮންޓްރެކްޓުގެ ޖުމްލަ އަގު ނަގައިނުދެވޭނެ ކަމަށެވެ. އަދި މަސައްކަތް ހަވާލުކުރި ފަރާތަށް ދީބާޖާއިން އެއްވެސް ފައިސާއެއް ދިން ކަން ކަށަވަރު ނުވާ ކަމަށް ވެސް އޮޑިޓުގައި ވެ އެވެ. ހަމަ އެހެންމެ، މުދަލުގެ ޖުމްލަ އަގު ދިންއިރު، އެ މުދާ ވިއްކައިގެން އެއްވެސް މަންފާއެއް ލިބުނުކަން ނުވަތަ ނޫންކަން ކަށަވަރުކޮށްފައި ނުވާ ކަމަށް އޮޑިޓަރުން ފާހަގަކޮށްފައި ވެ އެވެ.

ހިދުމަތް ދިނުމުގެ އަގުގެ ބަދަލުގެ ގޮތުގައި ދިން ތިން އަހަރަށް އަންދާޒާ ކުރި އަދަދަކީ ވެސް ދީބާޖާއިން ކުރި އަންދާޒާތަކުގެ މައްޗަށް ކަނޑައެޅި އަދަދެކެވެ. އޮޑިޓުގައިވާ ގޮތުގައި މި ފައިސާގެ އަދަދަކީ އެ މުއްދަތުގެ ތެރޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހިނގާފައިވާ އެކްޗުއަލް ހަރަދެއް ދައްކުވައިދޭ އަދަދެއް ނޫން ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ދީބާޖާއިން ހުށަހެޅި ގިނަ މާލީ ހިސާބުތަކަކީ އޮޑިޓުކޮށްފައިވާ ހިސާބުތަކެއް ނޫން ކަމަށް ވެސް އޮޑިޓުގައި ބުނެފައިވެ އެވެ.

ދީބާޖާއާ އެކީ ސޮއި ކުރި އެއްބަސްވުމުގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރި ރ. ކުޑަކުރަތުގެ ލީސް ވިއްކާލައިގެން އެ ކުންފުންޏަށް 65.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބުނު ފައިސާއަށް ވުރެ ބޮޑު އަދަދެކެވެ. އޮޑިޓުގައި ބުނީ، މިއަށް ރިއާޔަތްކުރާއިރު އެ ކުންފުންޏަށް ލިބުނު މާލީ ގެއްލުންތަކަށް ވުރެ ލިބުނު މާލީ މަންފާ ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ.

ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން، ގިނަ އަދަދެއްގެ ފައިސާތަކެއް ދީބާޖާއަށް ދޭން ނިންމިއިރު، އެ ކުންފުންނަށް ލިބުނު ގެއްލުމުގެ އަށް ވުރެ ގިނައިން ދީފައިވާ ފައިސާ އަނބުރާ ހޯދުމަށާއި، އެ ކުންފުންޏަށް ދޭން ނުޖެހޭ ފައިސާތަކެއް ދިނުމުގައި ޒިންމާވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޓަކައި އެ މައްސަލަ ތަހުގީގު ކުރުމަށް އޮޑިޓަރު ލަފާ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox