ވ. އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަރުވެފައި ވަނީ ބެލަރޫސްއަށް ނިސްބަތްވާ 63 އަހަރުގެ އަންހެނެއް ކަމަށެވެ. އެ މީހާ ފެލިދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުނީ މެންދުރު 11:29 ގައި ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ރ. އަލިފުށިން މަސް ހިފަން މޫދަށް ފޭބި 24 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފަ އެވެ. އެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.












