އިންގްލެންޑް މޮޅުވިއިރު ކާސްލީ ހަގީގަތް ބުނެދީފި

Oct 14, 2024, 2:55 AM
އިންގްލެންޑް މޮޅުވިއިރު ކާސްލީ ހަގީގަތް ބުނެދީފި

ހެލްސިންކީ، ފިންލެންޑް (އޮކްޓޫބަރު 14) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ފިންލެންޑް އަތުން 3-1 އިން އިންްގްލެންޑް މޮޅުވި މެޗަށް ފަހު، އެ ޓީމުގެ ކޯޗުގެ މަގާމާ ބެހޭގޮތުން، ވަގުތީ ކޯޗު ލީ ކާސްލީ ހަގީގަތް ހާމަކޮށްފި އެވެ.

ކާސްލީގެ ކޯޗުކަމުގައި އިންގްލެންޑުން ކުޅުނު ފުރަތަމަ ދެ މެޗުގައި ފިންލެންޑާއި އަޔަލެންޑް އަތުން މޮޅުވި އެވެ. އެހެންވެ، އިންގްލެންޑްގެ ކޯޗުކަން ދާއިމީ ކޮންޓްރެކްޓެއްގައި ކާސްލީ އަށް ދޭން މީޑިއާގައި ވާހަކަތަކެއް ދެކެވިފައި އޮއްވައި، އިންގްލެންޑުން ވަނީ ގްރީސް އަތުން އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ. އެ ނަތީޖާގެ މާޔޫސްކަމުން އަރައިގަނެ، އިންގްލެންޑުން ރޭ ފިންލެންޑް ދަނޑުގައި މޮޅުވީ އެވެ.

އެ މެޗަށް ފަހު ކާސްލީ ބުނީ ހަގީގަތަށް ބުނާނަމަ އޭނާ އަކީ އަދި އިންގްލެންޑަށް އެންމެ އެކަށޭނެ ކޯޗެއް ނޫން ކަމަށެެވެ.

"އިންގްލެންޑަށް ބޭނުންވަނީ ވޯލްޑް ކްލާސް (ދުނިޔޭގެ ފެންވަރުގެ) ކޯޗެއް. ތަށި ހޯދައި ފެންވަރު ސާބިތުކޮށްދީފައިވާ ކޯޗެއް. އަހަރެން އަދި މި ދަނީ އެ މިސްރާބުން. އެހެންވީމަ، ޔަގީނުން ވެސް އަހަންނަކީ އެންމެ ރަނގަޅު ކޯޗޭ ނުބުނެވޭނެ،" ކާސްލީ ބުންޏެވެ.

ހިލޭޖެހުމަކުން ލަނޑު ޖެހުމަށް ފަހު ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ރަށުންބޭރުގައި ކުޅުނު އިންގްލެންޑް ޓީމަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ 18 ވަނަ މިނިޓްގައި އެންޖެލް ގޯމޭސް ދިން ބޯޅައަކުން ޖެކް ގްރީލިޝް އެވެ. އެއް ގޯލުން ކުރީގައި މެޗުގެ ބޮޑުބައިގައި އޮތް އިންގްލެންޑަށް ލީޑުފުޅާކޮށްދިނީ 74 ވަނަ މިނިޓްގައި ހިލޭޖެހުމަކުން ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. އަދި ޑެކްލަަން ރައިސް ވަނީ އޭގެ 10 މިނިޓް ފަހުން އިންގްލެންޑްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ފިންލެންޑުން ހަމައެކަނި ލަނޑު ޖެހީ މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ޖެހީ، އާރްޓޫ ހޮސްކޯނެން އެވެ.

ގްރީސް އިން ރޭ 2-0 އިން އަޔަލެންޑް ބަލިކުރުމާ އެކު، ނޭޝަންސް ލީގުގެ ލީގު ބީގެ ގްރޫޕް ދޭއްގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު ގްރީސް އެވެ. ދެ ވަނައިގައި އޮތް އިންގްލެންޑަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އަޔަލެންޑަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފިންލެންޑް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox