އެމްއެންޑީއެފް އިން ބުނަނީ ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު: ސަރުކާރުން ވަނީ މައުލޫމާތު ސިއްރު ކުރަން ކޯޓަށް ގޮސްފައި -- ފޮޓޯ: ރައީސް އޮފީސް

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު: ސަރުކާރުން ވަނީ މައުލޫމާތު ސިއްރު ކުރަން ކޯޓަށް ގޮސްފައި -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮންނަ ޑޯނިއާ އަސްކަރީ މަތިންދާބޯޓު ދުއްވަން ތަމުރީނުކުރި ދިވެހި ސިފައިން އެ އުޅަނދު ނުދުއްވާ ސަބަބު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އެ މައުލޫމާތު ސިއްރު ކުރަން އެމްއެންޑީއެފް އިން ހައި ކޯޓަށް ހިނގައްޖެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދުމަށް ޑިފެންސް މިނިސްޓްރީގައި އެދުނީ "މިހާރު" ނޫހުގެ ފަރާތުންނެވެ. ނަމަވެސް ދިފާއީ ވުޒާރާއިން ވަނީ މި މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އެ މައުލޫމާތު ސިއްރުކޮށްފަ އެވެ.

މައުލޫމާތު ސިއްރުކުރުމުން އާރުޓީއައި ހުށަހެޅި ފަރާތުން މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށެވެ. މި މައްސަލާގައި ހަތަރު އަޑުއެހުމެއް ބޭއްވުމަށްފަހު ސިއްރުކުރި މައުލޫމާތު ހާމަކުރުމަށް އައިކޮމް އިން ޑިފެންސަށް އެންގީ ސެޕްޓެމްބަރު 9، ގަ އެވެ. މައުލޫމާތު ދިނުމަށް އައިކޮމް އިން ދިނީ ރަސްމީ ފަސް ދުވަހުގެ މުހުލަތެކެވެ.

ނަމަވެސް، ދިފާއީ ވުޒާރާއިން ވަނީ މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި އައިކޮމްގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ ކޯޓުގައި ވެބްސައިޓުން އެނގޭ ގޮތުގައި މި މައްސަލަ ކޯޓަށް ހުށަހެޅީ އޮކްޓޯބަރު 8، ގަ އެވެ.

ދިފާއީ ވުޒާރާއިން ޑޯނިއާ އާ ބެހޭ މައުލޫމާތު ސިއްރުކުރިއިރު، އެ އުޅަނދު މީގެކުރިން ދުއްވީ ރާއްޖޭގައި އިންސާނީ އެހީގެ މަސައްކަތްތަކަށް ތިބި އިންޑިއާ ސިފައިންނެވެ. ނަމަވެސް، މި ސަރުކާރުން އިންޑިއާއާއެކު މަޝްވަރާކޮށް ސިފައިން ފޮނުވާލާ އެ އުޅަނދު ދުއްވުމަށް މިހާރު ގެނެސްފައި ތިބީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ކުންފުންޏެއްގެ މުވައްޒަފުންނެވެ.

އެމްއެންޑީއެފް އިން މީގެ ކުރިން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވަނީ އެމްއެންޑީއެފްގެ ޖުމްލަ ހަ އޮފިސަރަކު ތަމްރީނުކޮށްފަ އެވެ. އެ ހުރިހާ އޮފިސަރުން ވެސް ތަމްރީނުވީ 2021 ގެ ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox