ހާމަކުރަން މަޖުބޫރު މައުލޫމާތު ވެސް އެއްވެސް މިނިސްޓްރީއަކުން އާންމެއް ނުކުރޭ

May 7, 2026, 10:50 PM
އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު: ވިދާޅުވީ ގިނައީ ސަރުކާރުން މައުލޫމާތު ދޭން ދެކޮޅު ހަދާ މައްސަލަ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު: ވިދާޅުވީ ގިނައީ ސަރުކާރުން މައުލޫމާތު ދޭން ދެކޮޅު ހަދާ މައްސަލަ ކަމަށް -- ފޮޓޯ: އަދަދު ފައިލް

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރުން މިނިސްޓްރީތަކުން ހާމަ ކުރަންޖެހޭ މައުލޫމާތުތައް ވެސް އާންމު ނުކުރާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާހިދު ވިދާޅުވީ ހާމަކުރުން މަޖުބޫރު މައުލޫމާތުތައް މިއަދާ ހަމައަށް ހަމަ އެއްވެސް މިނިސްޓްރީއަކުން އާންމުކޮށްފައިނުވާ ކަމަށެވެ. 

"އަމިއްލައަށް ހާމަ ކުރަންޖެހޭ މައުލޫމާތު މިއަދާ ހަމައަށް ހަމަ އެއްވެސް މިނިސްޓްރީއަކުން އާންމެއް ނުކުރޭ. ހުރިހާ ވުޒާރާތަކަކުން ސުމެއް،" އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި އާހިދު ވިދާޅުވި އެވެ. 

އޭގެ އިތުރުން، މައުލޫމާތު ނުލިބިގެން ޝަކުވާ ހުށަހަޅާ މައްސަލަތަކުގައި، ގިނައީ ސަރުކާރުން އެއްވެސް ޖަވާބެއް ނުދީގެން ހުށަހަޅާ މައްސަލަތައް ކަން ވެސް އާހިދު ފާހަގަ ކުރެއްވި އެވެ. މައުލޫމާތު ނުދީގެން ހުށަހެޅި 712 މައްސަލައިގެ ތެރެއިން 541 މައްސަލައަކީ އެއްވެސް ޖަވާބެއް ދީފައިނުވާ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިއީ މައުލޫމާތު ދޭން ދެކޮޅު ހެދި މައްސަލަތަކެއް ނޫން. ނުވަތަ މައުލޫމާތު ފޯރުކޮށްދިނުން ލަސްވެގެން އުޅޭ މައްސަލަތަކެއް ވެސް ނޫން. މިއީ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުދިން މައްސަލަތައް،" އާހިދު ވިދާޅުވި އެވެ. 

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނަށް ސަރުކާރުން ތަބާނުވާ މައްސަލަ ފެންމަތިވެފައި މި ވަނީ ގާނޫނުގެ ނާޖާއިޒު ފައިދާ ހޯދަން ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވުމުންނެވެ. 

"ސައްހަ މީހަކު ހުށަހަޅާފައި އޮންނަން ވާނީ، ގާނޫނުގައި ވެސް އޮވޭ ކަންކަން، ޖަވާބުދާރީވާން ޖެހޭއިރު ޖަވާބުދާރީވާން ޖެހޭ ފަރާތް ވެެސް އެނގެން ޖެހޭ، އޭ ބޭފުޅާ ބަލައި ހޯދާއިރު އެއީ އިންސާނަކަށް ނުވާ ކަހަލަ އާރުޓީއައި ވެސް އެބަ އާދޭ،" މުންދު ވިދާޅުވިި އެވެ. 

މުންދު އެހެން ވިދާޅުވި ނަމަވެސް އެއީ ދޮގެއް ކަމަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވަނީ އިއްޔެ ވިދާޅުވެފަ އެވެ. 

"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ނިޒާމީ ސިފައެއްގައި ހިފަމުންދާ ކަމުގެ އެއްވެސް ހެއްކެއް އަދި ފެންނާކަށް ނެތް. ވަކިވަކި ހާލަތްތަކުގައި އުނދަގޫ ސުވާލުތައް ހުށަހެޅި ނަމަވެސް، އެއީ އާންމުކޮށް ހިނގާ ކަމެއް ނޫން،" އާހިދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox