އިންޑިއާއަށް ދަތުރުކުރާ ދިވެހިން ވެސް ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަން ޖެހޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަން ކައުންޓަރު -- ފޮޓޯ: އިމިގްރޭޝަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަން ކައުންޓަރު -- ފޮޓޯ: އިމިގްރޭޝަން

އަވައްޓެރި އިންޑިއާއަށް ދަތުރުކުރާ އެންމެން އެ ގައުމަށް ދަތުރުކުރުމުގެ ކުރިން ސެލްފް ޑެކްލެރޭޝަން ފޯމް ފުރިހަމަކުރަން ޖެހޭ ގޮތަށް ހެދުމާ ގުޅިގެން، އެ ނިންމުމާ އެއްގޮތަށް ދިވެހިން ވެސް އަމަލުކުރުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިލްތިމާސްކޮށްފި އެވެ. 

މޯލްޑިވިއަން އިން ބުނީ އިންޑިއާއަށް ދަތުރުކުރާ އެންމެން ސެލްފް ޑިކްލެރޭޝަން ފޯމް ފުރުމަށް އެ ގައުމުގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އިން އެންގީ ޑަބްލިއުއެޗްއޯއިން އެބޯލާ ވައިރަސް ބައިނަލްއަގުވާމީ ފެންވަރެއްގައި އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ގޮތުގައި ކަނޑައެޅުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތަށެވެ. 

ސެލްފް ޑެކްލެރޭޝަން ފޯމް ހުށަހަޅަންޖެހެނީ އިންޑިއާއަށް ދަތުރުކުރުމަށްފަހު އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ. 

Advertisement

ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ އިންޑިއާއަށް ދާ ދިވެހިން މީގެ ކުރިން ސެލްފް ޑެކްލެރޭޝަން ފޯމެއް ފުރަން ނުޖެހޭއިރު، ދިވެހިންނަށް ވިސާއާ ނުލައި އިންޑިއާގައި 90 ދުވަސް ހޭދަކުރެވެ އެވެ. 

ބެންގަލޫރުގައި އެބޯލާ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރި ޔޫގެންޑާ މީހަކު ކަރަންޓީނު ކުރި އެވެ. ނަމަވެސް އެ ބައްޔަށް އޭނާ ވަނީ ނެގެޓިވްވެފައިކަން އިންޑިއާގެ ހެލްތު މިނިސްޓްރީން ބުންޏެވެ. 

އެބޯލާ ފެތުރުން ހުއްޓުވުމަށްޓަކައި އިންޑިއާގެ އެއާޕޯޓުތަކާއި އެހެނިހެން ބޯޑަރުތަކުގައި މިހާރު ވަނީ ސްކްރީން ކުރުމާއި މޮނިޓާ ކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މީގެ އިތުރުން، ސަރުކާރުން ވަނީ ރައްކާތެރިކަމުގެ އިރުޝާދުތައް ނެރެ، ކޮންގޯ، ޔުގެންޑާ އަދި ދެކުނު ސޫދާނަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝައްކު ކުރެވޭ 900 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން 101 ކޭސްއަކީ ބަންޑިބުގްޔޯ ސްޓްރެއިންގެ އެބޯލާ ކަމަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. މި ވައިރަހަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox