ބޭސްބޯލް ލެޖެންޑް ރޯސް މަރުވެއްޖެ

Oct 1, 2024, 8:33 AM
ބޭސްބޯލް ލެޖެންޑް ރޯސް މަރުވެއްޖެ

ސިންސިނާޓީ، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 1) - މިދިޔަަ ގަރުނުގެ ފަހުކޮޅުގައި، (1970 އިން ފެށިގެން 1980ގެ ފަހުކޮޅާ ހަމައަށް) ބޭސްބޯލްގައި ފެނުނު އާދަޔާހިލާފު ކުޅުންތެރިޔާ އަދި ފަހުން ކޯޗިން ކެރިއަރު ވެސް ފެށި، ޕީޓް ރޯސް، އުމުރުން 83 އަހަރުގައި މަރުވެއްޖެ އެވެ.

މޭޖަ ލީގު ބޭސްބޯލް (އެމްއެލްބީ)ގައި އެންމެ ގިނަ ޝޮޓް ޖެހުމުގެ ރެކޯޑް އޮތް ރޯސް، އަކީ ތިން ފަހަރު ވޯލްޑް ސީރީސް ޗެމްޕިއަނެކެވެ. އެ ގޮތުން، ސިންސިނާޓީ ރެޑްސްއާ އެކު، 1975 އާއި 1976 ވަނަ އަހަރު ވޯލްޑް ސީރީސް ކާމިޔާބުކުރި ރޯސް ވަނީ ފިލަޑެލްފިއާ ފިލީސްއާ އެކު، 1980 ވަނަ އަހަރު ވޯލްޑް ސީރީސްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެމްއެލްބީގައި ރޯސް ވަނީ 3562 މެޗު ކުޅެ، 4256 ޝޮޓް ޖަހައިފަ އެވެ. މިއީ، ރެކޯޑެކެވެ.

Advertisement

ޗާލީ ހަސްލްގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ރޯސް ވަނީ، 1973 ވަނަ އަހަރު ނޭޝަންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، 1975 ވަނަ އަހަރު ވޯލްޑް ސީރީސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ބޭސްބޯލްގެ 21 ސީޒަނުގައި، ރޯސް ކުޅުނުއިރު، 17 ސީޒަނުގެ އޯލް ސްޓާ މެޗަށް އޭނާ ހޮވުުނުއިރު، ތަފާތު ފަސް މަގާމެއްގައި ކުޅެގެން އެ ރެކޯޑް ވެސް ހެދި އެވެ.

ރޯސްގެ ކާމިޔާބު ކެރިއަރަށް ހިޔަނި އެޅުނީ، 1989 ވަނަ އަހަރު އޭނާ އަށް ބެޓިންގެ މައްސަލައެއްގައި އަދަބު ދިނުމުންނެވެ. އެ ގޮތުން، ބެޓިން މައްސަލައެއްގައި ރޯސް އަށް އައީ އުމުރު ދުވަހުގެ ސަސްޕެންޝަނެކެވެ. އެ ގޮތުން، އެ ސަސްޕެންޝަނާ ހެދި އޭނާ އަށް ރަސްމީކޮށް ލެޖެންޑެއްގެ ހައިސިއްޔަތު ދީ، "ހޯލް އޮފް ފޭމް"ގައި ނުހިމަނަން، ބޭސްބޯލްގެ ބައިނަލްއަގުވާމީ ޖަމިއްޔާ އިން ނިންމި އެވެ.

ރޯސް، 2004 ވަނަ އަހަރު ނެރުނު ބަޔޮގްރަފީއެއްގައި ބުނެފައިވަނީ، ސިންސިނާޓީ ރެޑްސްގެ ބައެއް މެޗުތަކަށް އޭނާ ބެޓް ކުރި ކަމަށެވެ. އެކަަމަކު، އެ ޓީމާ ދެކޮޅަށް ދުވަހަކު ވެސް ބެޓްކޮށްފައިނުވާނެ ކަަމަށް ރޯސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox