ކާމިޔާބު ޑިފެންޑަރު ވަރާން 31 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކޮށްފި

Sep 26, 2024, 2:11 AM
ކާމިޔާބު ޑިފެންޑަރު ވަރާން 31 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކޮށްފި

ޕެރިސް (ސެޕްޓެމްބަރު 26) - އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ޑިފެންޑަރު، ފްރާންސްގެ ރަފައެލް ވަރާން، އުމުރުން 31 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

ވަރާން އެންމެ ފަހުން ކުޅެފައިވަނީ އިޓަލީގެ ކޯމޯ އަށެވެ. ހިލޭ ޓްރާންސްފާއެއްގައި އެ ޓީމަށް ބަދަލުވުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުމާ ގުޅިގެން، އޭނާ މިހާރު ނިންމާފައިވަނީ، ފުޓްބޯޅައިން ރިޓަޔާުކުރުމަށެވެ.

ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ވަރާން، މިދިޔަ ސީޒަނުގެ ނިޔަލަށް ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ވެސް ރިޓަޔާކުރުުމުގެ ވާހަކަތައް ދެކެވުނެވެ.

ވަރާން، ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން އަނިޔާވާ ކޮންމެ ފަހަރަކު ހިތްވަރުކޮށްފައި ތެދުވެ، އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް މަސައްކަތް ކޮށްފައިވާ ކަމަށެެ. އެކަމަކު، މި ފަހަރު އެކަން އެގޮތައް ކުރެވެން ނެތް ކަމަށް ވަރާން ވަނީ ބުނެފަ އެވެ.

މީގެ ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވަރާން ވަނީ އޭނާގެ އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެ ފަހަރު ވަރާން ބުނީ، މިހާރު އަނިޔާވުމުން އަނިޔާއިން އަރައިގަންނަން އުނދަގޫވާ ކަމަށެވެ. އަދި އަނިޔާގެ މައްސަލަ ގިނަވެ، ކުޅުން ހުއްޓާލުމާ މެދު ވިސްނަމުން އަންނަ ކަމަށް އޭނާ އޭރު ބުންޏެވެ.

ވަރާން ވަނީ އޭނާގެ ކެރިޔަރުގައި 22 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި، ރެއާލް މެޑްރިޑާ އެކު ހޯދި ހަތަރު ޗެމްޕިއަންސް ލީގު ތަށީގެ އިތުރުން ފްރާންސާ އެކު ކާމިޔާބުކުރި 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox