ކުޑަކުދިންގެ އޮރިޔާން ކާޑު ޕޯސްޓްކުރަން 43 ޓެލެގްރާމް ޗެނަލް ހިންގި: ފުލުހުން

ފުލުހުންގެ އިދާރާ. ޖުމުލަ 517 ޓެލެގްރާމް ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި --- ފޮޓޯ: އަދަދު ފައިލް

ފުލުހުންގެ އިދާރާ. ޖުމުލަ 517 ޓެލެގްރާމް ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި --- ފޮޓޯ: އަދަދު ފައިލް

ޓެލެގުރާމު ޗެނަލްތަކެއް މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ދައުރުކުރުން ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ ތަހުގީގު ތެރެއިން ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުމަށް 43 ޗެނަލް ބޭނުންކުރިކަން އެނގިފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށް ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ފުލުހުން ވަނީ އޭގެ ތެރެއިން ބައެއް ޗެނަލްތަކުގައި ކުޑަކުދިންގެ އޮރިޔާން ކާޑު ދައުރުކުރި ކަން ހާމަކޮށްފަ އެވެ.

"ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވޭ," ފުލުހުން ބުނެފައިވެ އެވެ.

Advertisement

އެކަމާ ގުޅިގެން ފުލުހުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ދައުރުކުރި 571 ޗެނަލެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. އެ ޗެންލަތަކުން 241،651 ފޮޓޯއާއި 86،618 ވީޑިއޯ ދައުރުކޮށްފައި ވާއިރު އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ވެސް ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އދ. މަހިބަދޫ، ބަހާރުގޭ، ޒުބައިރު އަލީ، 45، އާއި ދަފްތަރު ނަންބަރު ރސ14751، ނާސިފް އަލީ، 46، އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާއިލް ރަބީހު، 29، އެވެ.

މީސްމީޑިއާގައި މިގޮތަށް ފޮޓޯ އާއި ވީޑިއޯ ލީކްވެ ބްލެކްމޭލެގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރު ނަންބަރު 9136262 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox