ބިދޭސީންގެ ފީގެ ގޮތުގައި 100،000ރ. އަށްވުރެ ކުޑަ އަދަދެއް ނުދައްކާ ފަރާތްތަކަށް އިންޒާރެއް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގައި އިމިގްރޭޝަންގެ މުވައްޒަފުން ހަރަކާތްތެރިވަނީ -- ފޮޓޯ އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގައި އިމިގްރޭޝަންގެ މުވައްޒަފުން ހަރަކާތްތެރިވަނީ -- ފޮޓޯ އިމިގްރޭޝަން

ބިދޭސީންގެ ފީ އާއި ޖޫރިމަނާގެ ގޮތުގައި އެއް ލައްކަ އަށްވުރެ މަދުން ފައިސާ ދައްކަންހުރި ފަރާތްތަކުގެ ނަން އާންމުކޮށް ފިޔަވަޅު އެޅުމުގެ ކުރިން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިންޒާރެއް ނެރެފި އެވެ.

ސަރުކާރުގެ ގެޖެޓުގައި އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބީދޭސީންގެ ފީ އާއި ޖޫރިމަނާގެ ގޮތުގައި އެއްލައްކަ އަށްވުރެ މަދު އަދަދެއް ދައްކަން ޖެހޭ ފަރާތްތަކުން، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދައްކާ ހަލާސް ނުކޮށްފިނަމަ، އެ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް އިޢުލާން ކުރުމާއިއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ މި މިނިސްޓްރީ އަށް ވަނީ ލިބިފަ އެވެ. އެހެންކަމުން، މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު، ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ބިދޭސީންނާ ގުޅޭ ފީ އާ ޖޫރިމަނާ ނުދައްކާ، ފަރާތްތަކުގެ ތެރެއިން އެއް ލައްކަ ރުފިޔާ އަށްވުރެ އިތުރަށް ނުދައްކާ ފަރާތްތައް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު މިނިސްޓްރީން އިއުލާނު ކުރި އެވެ. ޖުމްލަ 636.5 މިލިއަނަށްވުރެ ރުފިޔާ، ނުދައްކާ ހުރި 1،026 ފަރާތެއްގެ މައުލޫމާތު އޭރު އާންމު ކުރުމާއި ގުޅިގެން، ހޯމްލޭންޑް މިނިސްޓްރީ އަށް ބައެއް ފަރާތްތަކުގެ ނުރުހުން އަމާޒުވި އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ލިސްޓު އާންމު ކުރުމުގެ ނަތީޖާއެއްގެ ގޮތުން 182.9 މިލިއަން ރުފިޔާ ހޯދިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox