ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތް: ތިން މެޗުން ވެސް މޮޅުވެ އަމިއްލަ ސެމީ އަށް

Aug 28, 2024, 4:01 AM
ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: ރައްޔާން ފޮޓޯސް

ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: ރައްޔާން ފޮޓޯސް

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ކްލަބް ކޮމްބިނޭޝަން (ސީސީ) އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ ގްރޫޕް އޭގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، އަމިއްލަ މޯލްޑިވްސް އިން ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ގްރޫޕް އޭގައި ވާދަކުރާ އަމިއްލަ އިން ގްރޫޕްގެ ފަހު މެޗުގައި، އިއްޔެ ފިނޮޅު ބަލިކުރީ އަށް ވިކެޓުންނެވެ. ފުރަތަމަ ދެ މެޗުން މޮޅުވެގެން މި ދެ ޓީމަށް ވެސް ވަނީ ސެމީ ފައިނަލުން ފުރުސަތު ލިބިފަ އެވެ.

އިއްޔެގެ މެޗުގައި، އަށް އޯވަރުގެ ތެރޭގައި، ފިނޮޅަށް ހަތް ވިކެޓަށް ހެދުނީ 80 ލަނޑެވެ. އަމިއްލަ އިން މޮޅުވީ، 6.5 އޯވަރުގެ ތެރޭގައި، ދެ ވިކެޓަށް 81 ލަނޑު ހަދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ، ފިނޮޅު ޓީމުގެ، ޔަސަންތާ އެވެ.

މި ގްރޫޕްގެ ފަހު މެޗުގައި، މިއަދު، މިލައިދޫ އާއި އަނަންތަރާ ބައްދަލުކުރާނެ އެވެ. މި ދެ ޓީމަށް ވެސް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތެއް ނެތެވެ.

ގްރޫޕް ބީގެ ސެމީ ޖާގަތައް ސޮނޭވާފުށިންނާއި ދުސިތުން ވަނީ ޔަގީންކޮށްފަ އެވެ.

ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުން، އަށް ވިކެޓުން ރޯޔަލް އައިލެންޑް ރިސޯޓް ބަލިކޮށް، ސޮނޭވާފުށިން ވަނީ ދެ ވަނަ މޮޅު ހޯދައި، ސެމީގެ އުންމީދު ބޮޑުކޮށްފަ އެވެ. ރޯޔަލް އިން މި މެޗުގައި ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 97 ލަނޑު ހެދި އެވެ. ސޮނޭވާފުށި މޮޅުވީ، 6.3 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 98 ލަނޑު ހަދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ސޮނޭވާފުށި ޓީމުގެ ސުޕުން އެވެ.

ގްރޫޕް ބީގެ ސެމީ އަށް ދާ ޓީމުތައް އެތުރޭނެ ގޮތެއް ކަށަވަރުވާނީ މިއަދު ދުސިތު އާއި އަވަނި ބައްދަލުކުރާ މެޗުގެ ނަތީޖާ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox