ޝީއިން އާއި އެމޭޒަން އަދި ނެޓްފްލިކްސް ފަދަ ވެބްސައިޓުތަކުން ޖީއެސްޓީ ނަގަން ފަށަނީ

ދިވެހިން އާންމުކޮށް ބޭނުންކުރާ ބޭރުގެ ބައެއް މުދަލާއި ހިދުމަތްތަކުގެ ލޯގޯ: އާ ބަދަލާއެކީ މިތަންތަނުން ވިޔަފާރިކުރާއިރު އަށް ޕަސެންޓު ޓެކްސް ދައްކަން ޖެހޭނެ -- ކުރެހުން: ރައްޔާން މުހައްމަދު/އަދަދު

ދިވެހިން އާންމުކޮށް ބޭނުންކުރާ ބޭރުގެ ބައެއް މުދަލާއި ހިދުމަތްތަކުގެ ލޯގޯ: އާ ބަދަލާއެކީ މިތަންތަނުން ވިޔަފާރިކުރާއިރު އަށް ޕަސެންޓު ޓެކްސް ދައްކަން ޖެހޭނެ -- ކުރެހުން: ރައްޔާން މުހައްމަދު/އަދަދު

ރާއްޖޭން ބޭރުގައި ކުރާ ވިޔަފާރިން ގަންނަ މުދަލާއި ހިދުމަތްތަކުން ޖީއެސްޓީ ނެގޭ ގޮތަށް އަންނަ އަހަރުގެ ވަކި ހިސާބަކުން ޖީއެސްޓީ ނިޒާމު ޑެސްޓިނޭޝަން ޕްރިންސިޕަލްއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ މެދުރާސްތާގެ ދައުލަތުގެ އާމްދަނީގެ އިސްތިރާޖު (ސްޓްރެޓެޖީ) ގައި އޮތް ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ ޖީއެސްޓީ ގާނޫނު ބަދަލުކޮށްގެން ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރުމެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލްއަށް ބަދަލުކުރުމުން ދިވެހިން އާންމުކޮށް ވިޔަފާރިކުރާ "ޝީއެން" އާއި "އެމޭޒަން" ފަދަ ވެބްސައިޓުތަކުންނާއި "ނެޓްފްލިކްސް" އާއި "ސްޕޮޓިފައި" ފަދަ ސްޓީރިމިން ހިދުމަތްތައް ބޭނުންކުރާނަމަ ރާއްޖޭގައި މުދަލާއި ހިދުމަތްތަކުން ނަގާ އަށް ޕަސެންޓު ޖީއެސްޓީ ދައްކަން ޖެހޭނެ އެވެ.

titledesc

އޭގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުން ގެސްޓުހައުސްތަކާއި ހޮޓާތަކާއި ރިސޯޓުތައް ބުކް ކުރަން ބޭނުންކުރާ "ބުކިން" އާއި "އަގޯޑާ" އާއި "އެއާބީއެންބީ" ފަދަ ސައިޓުތަކުން ޓީޖީއެސްޓީ ކަނޑައެޅިފައި އޮންނަ 16 ޕަސެންޓު ރޭޓުގައި ޓެކްސް ދައްކަން ޖެހޭނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރުމުން ޓެކްސް ބޭސް ފުޅާކުރެވޭނެ އެވެ. އެއާ އެކީ ދައުލަތުގެ އާމްދަނީއަށް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓްރީގެ އަންޒާދާތަކުގައިވެ އެވެ. އެެއީ:

  • 2025 - 666.7 މިލިއަން ރުފިޔާ
  • 2026 - 850 މިލިއަން ރުފިޔާ
  • 2027 - 915.8 މިލިއަން ރުފިޔާ

ސަރުކާރުން ވިސްނަނީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox