ޝާހީންގެ މަރު: ތިން އަހަރަށް ފަހު ކޯޓުގައި ދައުވާ އިއްވައިފި، މަސްއޫދު ކުރީ އިންކާރު

ދޯންޏެއް ތެރޭ ބަންގްލަދޭޝްގެ ޝާހީން މަރާލި މައްސަލާގައި ދައުވާކުރާ އެ ގައުމުގެ މަސްއޫދު

ދޯންޏެއް ތެރޭ ބަންގްލަދޭޝްގެ ޝާހީން މަރާލި މައްސަލާގައި ދައުވާކުރާ އެ ގައުމުގެ މަސްއޫދު

މާޗް 7، 2021 ގެ ދަންވަރު 3:45 ހާއިރު ދ. މީދޫ "ޖިހާދު" ކިޔާ މަސްދޯންޏެއްގައި ބަންގްލަދޭޝްގެ މުހައްމަދު ޝާހީން ކިޔާ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އެ ގައުމުގެ މުހައްމަދު މަސްއޫދުގެ މައްސަލައިގައި މިއަދު ދައުލަތުން ދައުވާ އިއްވިއިރު އެ ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.

މި މައްސަލައިގައި މެއި 5، 2021 ގައި ދައުވާކޮށްފައި ވަނީ ޝާހީނާ އެކު އެ ދޯނީގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ މުހައްމަދު މަސްއޫދުގެ މައްޗަށެވެ. މަސްއޫދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، އޭނާ ހުރީ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.

ދައުލަތުން މިއަދު ކޯޓުގައި ދައުވާ އިއްވި އިރު ދައުވާގައި ވަނީ މަސްއޫދު, ޝާހިން އަށް ހަމަލާދިނީ ދޯނީގައި ހިނގި ދެބަސްވުމަކަށް ފަހު ކަމަށެވެ. އެއީ އޭރު އަޅާފައި އޮތް ދާ މޫދުން ނަގަންވީ ގޮތަކާ މެދު ހިނގި ދެބަސްވުމެއް ކަމަށް ދައުލަތުން ބުންޏެވެ.

Advertisement

ދާ ނަގާ ގޮތުން ޝާހިން ބުނީ "ނަގާއިރު ތަރުތީބުން ނެގުމަށާއި ފަހުން އޭރަށް ފަސޭހަ ވާނެ ކަމަށް" މިކަމާއި ގުޅިގެން ދެބަސްވުން ހިނގި ނަމަވެސް ދޯނީގައި އެވަގުތު ތިބި މީހުން އެ ދެ މީހުން ދުރުކުރި ކަމަށެވެ. އަދި އިރުކޮޅެއް ފަހުން "މަ ގަޔަށް ވަޅި ޖަހައިފި އޭ" ބުނެ ޝާހީން ހަޅޭލަވައިގަތުމުން ދޯނީގައި ތިބި މީހުންނަށް އެތަން ފެނުނު ކަމަށެވެ.

މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މަސްއޫދު ދައުވާއަށް އިންކާރުކުރުމުގެ ސަބަބުން ދިފާއުގައި ހެކި ހުށައެޅުމަށް ދިފާއީ ވަކީލު އަހުމަަދު ޔާމީނަށް ގާޒީ ފުރުސަތު ދިނުމުން ވިދާޅުވީ ތަހުގީގަށް ދީފައިވާ ބަޔާންތަކުން ބައެއް ބަޔާންތައް އޭނާއަށް ލިބިފައި ނުވާ ކަމަށާއި އެހެެންކަމުން ދިފާއީ ހެކި މިއަދު ހުށައެޅުމަށް ދަތިވާނެ ކަމަށެވެ.

ދައުލަތުގެ ވަކީލުން ބުނީ ހުރިހާ ލިޔެކިޔުންތަކެއް ކޯޓާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެހެންވެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން އެންގެވީ މިއަދާއި މާދަމާ އެ ބަޔާންތައް ކޯޓުގެ އިދާރާއިން ހޯދުމަށެވެ. އަދި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ލިޔުމުން ދިފާއީ ހެކި ކޯޓަށް ހުށަހެޅުމަށް ގާޒީ އެންގި އެވެ.

މީގެކުރިން މި މައްސަލަ ބޮޑަށް ދިގުދެމިގެން ދިޔައީ މައްސަލަ ކުރިން ބެލި ގާޒީ އެހެން ކޯޓަކަށް ބަދަލުކުރުމުން، ސެކްޝަނާ ހަވާލުވާން ޖެހޭ ގާޒީގެ މަގާމު ހުސްކޮށް އޮތުމުންނެވެ. އާ ގާޒީއާ އެކީ އަޑުއެހުންތައް ފެށުނީ މިދިޔަ އަހަރު މެއި މަހުގަ އެވެ. އެއަށްފަހު އަހަރެއްހާ ދުވަސް އަނެއްކާ ވެސް މައްސަލަ ލަސްވީ، ކުރިން ދިފާއީ ވަކީލަކަށް އައްޔަންކުރި ވަކީލު އެ މަސައްކަތުގައި ނޫޅޭތީ ދިމާވި ބައެއް އޮޅުންބޮޅުންތަކާ ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox