އަދަދު އޮފީހުން ފުލުހުން ގެންދިޔަ ތަކެތި ހޯދަން ހުށަހެޅި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދިޔަ ވަގުތު -- ފޮޓޯ: އަދަދު

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދިޔަ ވަގުތު -- ފޮޓޯ: އަދަދު

އަދަދު ނޫހުގެ އޮފީސް ރެއިޑުކޮށް ނޫސްވެރިކަން ކުރަން ބޭނުންކުރާ ހުރިހާ ސާމާނެއް ފުލުހުން ގެންދިޔަ މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

އަދަދު ނޫހުން މާޗު 28، ގައި ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަކަށް ހެކި ހޯދަން ކަމަށް ބުނެ އަދަދުގެ އޮފީހަށް ކޯޓު އަމުރެއް ހިފައިގެން އައިސް ފުލުހުން ވަދެގަތީ އެޕްރީލް 27، ގަ އެވެ.

ގާތްގަނޑަކަށް ހަތަރު ގަޑިިއިރު އޮފީހުގައި ހަރަކާތްތެރިވުމަށް ފަހު އަދަދު ނޫހުން ބޭނުންކުރާ ލެޕްޓޮޕްތަކާއި، ހާޑް ޑްރައިވްތަކާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ހިމެނޭހެން 20 ޑިވައިސްއެއް ފުލުހުން ގެންދިޔަ އެވެ.

Advertisement

އެ މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދުގެ މެންދުރުފަހު 1:30 އަށެވެ. އެހެންނަމަވެސް، އެ އަޑުއެހުން ކެންސަލްވިކަން ދާދި ދެންމެއަކު ކްރިމިނަލް ކޯޓުން ވަނީ މި ނޫހުގެ ގާނޫނީ ވަކީލުން ޓީމަށް އަންގައިފަ އެވެ.

އެ މައްސަލަ އަދަދު ނޫހުގެ ފަރާތުން ކޯޓަށް ހުށަހެޅީ، މި އޮފީސް ބަލައި ފާސްކުރުމަށްފަހު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސާމާނު ހިފަހައްޓާފައި ވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ބަޔާންކޮށެވެ. މައިގަނޑު ހަތަރުކަމެއް އަދަދުގެ ހުށަހެޅުމުގައި ފާހަކޮށްފައިވެ އެވެ.

އެގޮތުން، ތަންތަން ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމަކީ ދެ ބާވަތެއްގެ އަމުރެއްކަމާއި ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުން ތަނެއް ބަލައިފާސްކުރާއިރު، އެ ތަނަކުން ހިފެހެއްޓޭނެ ހަމައެކަނި މުދަލަކީ ކުށާ ގުޅުންހުރި ހެއްކެއްގެ ގޮތުގައި ދެނެގަނެވެން ހުންނަ ތަކެތި ކަމަށް އަދަދުގެ ފަރާތުން ހުށަހެޅި ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް، އަމިއްލަ ތަނެއް ބަލައިފާސްކުރުމުގެ ތެރޭގައި ތުހުމަތު ކުރެވޭ ކުށާ ގުޅުން އޮތް ގޮތެއް ދެނެގަނެވެން ނުހުންނަ މުދާ ހިފެހެއްޓޭނީ އެ އެއްޗެހި ހިފެހެއްޓުން ހުއްދަކުރާ ސީޒް އޯޑަރެއް އޮވެގެން ކަމަށް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެ އެވެ.

އަދި، އެގޮތަށް ހިފަހައްޓަން ބޭނުންވާ މުދަލަކީ ގާނޫނެއްގެ ދަށުން އިމްތިޔާޒު ލިބިގެންވާ އެއްޗެއް ނަމަ އެފަދަ މުދަލެއް ނުހިފެހެއްޓޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން، ނޫސްވެރިން ޝާއިއުކުރާ މައުލޫމާތުތަކުގެ މަސްދަރަކީ ގާނޫނުއަސާސީން ހިމާޔަތާއި އިމްތިޔާޒު ލިބިފައިވާ މައުލޫމާތު ކަމާއި ވަކި ހާއްސަ ހާލަތްތަކެއްގައި މެނުއީ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރުކުރުމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަނޑައެޅިގެން މަނާކުރާ ކަމެއް ކަމަށް އެ ހުށަހެޅުމުގައި ބަޔާން ކޮށްފައިވެ އެވެ.

އެހެންކަމުން، އަދަދު ނޫހުގެ އޮފީހަށް ވަދެ މި އޮފީހުގެ ނޫސްވެރިން، ނޫސްވެރިކަން ކުރުމަށް ބޭނުންކުރާ ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވެސް އެ ހުށަހެޅުމުގައި ބަޔާން ކޮށްފައިވެ އެވެ.

މި ނޫހަށް ޖެހި ރެއިޑުގައި ގާތްގަނޑަކަށް 10 ފުލުހަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ޓޭޒާ ބަޑި ހިފައިން ހުރި ފުލުހަކު ވެސް ހުއްޓެވެ.

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރި އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި މި ނޫހުގެ ދެ ނޫސްވެރިން ޖަލުގައި ވެސް ބަންދުކުރި އެވެ.

އަދި އެ މައްސަލައާ ގުޅިގެން އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އަންނަނީ ޝަރީއަތެއް ހިންގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox