އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: އަންމަޑޭ ބުނީ މިއީ ފެށުމެއް ކަމަށާއި ދިވެހި ޓީމު އޮތީ ފޯމުގައި ކަމަށް

މި ފަހަރުގެ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އަންމަޑޭ.-- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

މި ފަހަރުގެ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އަންމަޑޭ.-- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ދިވެހި ޓީމުގެ އެތުލީޓުން ތިން ވަނަ ބުރުން ޖާގަ ހޯދުން އެއީ އަދި ފެށުމެއް ކަމަށާއި، މުޅި ޓީމު އޮތީ ކާމިޔާބީއަށް ވާސިލްވުމަށް ވަރަށް ފޯމުގައި ކަމަށް ރާއްޖެ ޓީމުގެ ކެޕްޓަން އަހުމަދު އާގިލް (އަންމަޑޭ) ބުނެފި އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި އަންމަޑޭ ވާދަކުރި ހީޓުން ތިން ވަނަ އަށް ދިޔުމުން އޭނާ ޖެހުނީ މިއަދު ކުރިއަށް ދިޔަ ރެޕޯ ހީޓުގައި ވާދަކުރާށެވެ. އެކަމަކު، މިއަދު ކުރިއަށްދިޔަ ރެޕޯ ހީޓުގެ އެއް ވަނަ ހޯދައި އައްމަޑޭ ވަނީ ތިން ވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން އަންމަޑޭ ބުނީ، ބޭނުންވީ ރެޕޯ ހީޓުގައި ވާދަނުކޮށް ތިން ވަނަ ބުރުގައި ވާދަކުރަން ކަމަށެވެ. އެކަމަކު، ދެން އޮތް ތިން ވަނަ ބުރުގައި މި އަށް ވުރެ ރަނގަޅު ސްކޯ އެއް ފެންނާނެ ކަމަށް އަންމަޑޭ ހުރީ އުންމީދުގަ އެވެ.

"އަސްލު ބޭނުންވި ގޮތެއް ނޫން ރެޕޯއަށް ދިޔުމަކީ އެކަމަކު ކަން ދިމާކުރި ގޮތުން ރެޕޯ އަށް ދިޔައީ, އެކަމަކު ކުރިއަށް ހުރި ރައުންޑުތަކުގައި މިއަށްވުރެ ރަނގަޅު ސްކޯތަކެއް ފެންނާނެ ކަމަށް ވަރަށް އުންމީދު އެބައޮތް. އަނެއްހެން މީހާ އެއްވެސް ވަރަކަށް ޑައުން އެއް ނުވޭ, އެއްވެސް ޕްރެޝަރެއްވެސް ނެތް. އިރާދަ ކުރެއްވިއްޔާ ކުރިއަށް ހުރި ރައުންޑުގައި ރަނގަޅު ވާނެ." ކ. ތުލުސްދޫ އަށް އުފަން، އަންމަޑޭ، ބުންޏެވެ.

މުޅި ދިވެހި ޓީމު މި ވަގުތު އޮތީ ވަރަށް ފޯމުގައި ކަމަށާއި، މި ގޮތައް ހިފަހައްޓައިފި ނަމަ ރަނގަޅު ވާނެ ކަމަށް އަންމަޑޭ ވަނީ ޔަގީންކަން ދީފަ އެވެ. އަދި އުންމީދަކީ ކުރިއަށްހުރި ހީޓުތަކުގައި ދިވެހި ޓީމުގެ ފަރާތުން ރަނގަޅު ސްކޯތަކެއް ފެނުން ކަމަށް ވެސް އަންމަޑޭ ވަނީ ބުނެފަ އެވެ.

"ކުދި ކުދި މިސްޓޭކުތައް އެބަހުރި ހުރިހާ ކުދިންގެވެސް އެކަމަކު ހީޓް ބައި ހީޓް އެކަންކަން ރަނގަޅު ކުރަމުން ދާނެ. މިވަގުތު ދިވެހި ޓީމު އޮތީ ވަރަށް ފޯމުގައި." އަންމަޑޭ ބުންޏެވެ.

މިއީ، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ތުލުސްދޫގައި ޖެހިޖެހިގެން ކުރިއަށްދާ ދެ ވަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތަކީ، 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ ކޮލިފައިން އިވެންޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox