ކަޔާން ޒަކީ އޭޝިއާ ސާފިން މުބާރާތުގެ ސެމީ ފައިނަލަށް: ތާރީހީ ކާމިޔާބެއް!

Aug 23, 2024, 10:35 AM
ކަޔާން ޒަކީ އަށް ސެމީ ފައިނަލުން ފުރުސަތު ލިބުމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

ކަޔާން ޒަކީ އަށް ސެމީ ފައިނަލުން ފުރުސަތު ލިބުމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޖޫނިއާ ކެޓަގަރީގެ ސެމީ ފައިނަލުން ކަޔާން ޒަކީ ފުރުސަތު ހޯދައި ތާރީހީ ކާމިޔާބެއް ހާސިލްކޮށްފި އެވެ.

ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޖޫނިއާ ކެޓަގަރީ (18 އަހަރުން ދަށް) ރާއްޖޭގެ ތިން ސާފަރަކު ވާދަކުރި އެވެ. މިއީ، މިހާތަނަށް ރާއްޖޭގެ ޖޫނިއާ ސާފިން އަށް އޭޝިއާ މުބާރާތުގައި އެންމެ ކާމިޔާބު ފަހަރެވެ.

އެ ކާމިޔާބަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ މިއަދު މެންދުރު ފަހު، ކުއާޓާ ފައިނަލް ހީޓުގެ ދެ ވަނަ ހޯދައި، ކަޔާން ޒަކީ ސެމީ ފައިނަލަށް ދަތުރުކުރުމެވެ. ކަޔާން ޒަކީ ހީޓު ދޭއްގެ ދެ ވަނަ ހޯދީ، 9.64 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނަ ހޯދި، ފިލިޕީންސްގެ ޓްރޯއި އެސްޕެޖޯން ވަނީ ހަތް ރާޅުގައި އަޅައި، އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯއިން، 11.10 ޕޮއިންޓް ހަމަކޮށްފަ އެވެ. ކަޔާން ޒަކީ، އަށް ހަތަރު ރާޅުގައި އަޅައިގެން، އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯއިން، ހަމަކުރެވުނީ، 9.64 ޕޮއިންޓެވެ. މި ހީޓުގެ ތިން ވަނަ ހޯދި، ލަންކާގެ ކަނަޕަތީ ޖޭ އަށް ހަ ރާޅުގައި އަޅައިގެން، އެންމެ ރަނގަޅު ދެ ރާޅުން ސްކޯކުރެވުނީ، 8.06 ޕޮއިިންޓެވެ.

ރާއްޖޭގެ ޖޫނިއާ ޓީމުގެ ކެޕްޓަން، ސައްޔިދު ސަލާހުއްދީން ދިޔައީ، ކުއާޓާގެ ހީޓު ތިނެއްގައި ވާދަކޮށް، ތިން ވަނަ އެވެ. އެ ހީޓުގެ އެއް ވަނަ ހޯދި، އިންޑިއާގެ ކިޝޯރު ކުމާރަށް ވަނީ 11.50 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނަ ހޯދި ޓައިޕޭގެ ޖޯންޖޯން ޗޭން ވަނީ 8.76 ޕޮއިންޓް ސްކޯކޮށްފަ އެވެ. އަދި ސައްޔިދަށް ހަމަކުރެވުނީ، 7.90 ޕޮއިންޓެެވެ. ސެމީ ފައިނަލަށް ހޮވެނީ، ކޮންމެ ހީޓެއްގެ ގަދަ ދެ އެތުލީޓުންނެވެ. އެހެންކަމުން، ސައްޔިދަށް މުބާރާތް ނިމުނީ އެވެ.

ހީޓު ހަތަރެއްގައި ވާދަކޮށް ރާއްޖޭގެ ކަޔާން އަރީފް (ކައިޕުޓީ) ދިޔައީ ތިން ވަނަ އެވެ. އެ ހީޓުގެ އެއް ވަނަ ހޯދީ 18.10 ޕޮއިންޓް ހޯދި ޖަޕާނުގެ ޓަރޯ ޓަކާއި އެވެ. ދެ ވަނަ ހޯދީ ދެކުނު ކޮރެއާގެ ސެއޯޔުން ޖުން އެވެ. އޭނާ އަށް 9.83 ޕޮއިންޓް ލިބުނެވެ. ރާއްޖޭގެ ކަޔާން އަރީފް ވަނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހިތްވަރުކޮށްފަ އެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅުގެ ގޮތުގައި ގުނީ، ތިން ވަނަ ރާޅާއި ހަ ވަނަ ރާޅެވެ. ޖުމްލަ އެކު، ލިބުނީ، 9.17 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox