ޖޫނިއާ ސާފަރުން އިތުރުކުރަން އިބޫ އަށް ބޮޑު ޒިންމާ އެއް

މި ފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން އިބޫ (ކ) ޖޫނިއާ ސާފަރު ކަޔާން އަރީފް ގައިގައި ބައްދާލައިގެން.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

މި ފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން އިބޫ (ކ) ޖޫނިއާ ސާފަރު ކަޔާން އަރީފް ގައިގައި ބައްދާލައިގެން.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އަންނަ އަހަރަށް ބޮޑު ފޯކަސް އެއް ހުރި ޒުވާން ސާފަރުންގެ ހުނަރު އިތުރަށް ފައްކާ ކުރުމަށް ކަމަށާއި، އެ ހުނަރު ފައްކާ ކުރުމުގައި ބޮޑު ޒިންމާ އެއް އަދާކުރާނީ ގައުމީ ސާފިން ޓީމުގެ ކޯޗު ހުސެއިން އަރީފް (އިބޫ) ކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރައީސް މުހައްމަދު ސޮބާހް (ޗޭ) ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޖޫނިއާ ސާފަރުން ވަނީ މުބާރާތުގައި ވާދަކޮށް ރަނގަޅު ނަތީޖާ އެއް ނެރެފަ އެވެ. އެ ގޮތުން ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގެ ޖޫނިއާ ކެޓަގަރީގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ކަޔާން ޒަކީ ވަނީ ޖާގަ ހޯދައިފަ އެވެ. މި މުބާރާތުގެ ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައި، ރާއްޖޭގެ ތިން ސާފަރުން ވާދަކޮށްފައިވެ އެވެ.

މި ކާމިޔާބީތަކާ އެކު، ރާއްްޖެ ވަނީ އޭޝިއާ ސާފިންގެ ޖޫނިއާ ރޭންކިންގައި ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތީ ޖަޕާން އެވެ.

Advertisement

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ސޮބާހު ވިދާޅުވީ، މިދިޔަ އަހަރު ޖޫނިއާ ސާފަރުން ތަމްރީނުވީ ސައުތު އެފްރިކާގެ ކޯޗު ކްލައިން މާޓިންގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެކަމަކު، މި އަހަރު އިބޫ އަށް ކޯޗުކަން ހަވާލުކޮށް އޭނާގެ ބޮޑު ފޯކަސް އެއްގެ ގޮތުގައި ޒުވާން ޓީމު ހަވާލުކޮށްފައިވާ ކަމަށެވެ.

އިބޫ، ގައުމީ ސާފިން ޓީމާ ހަވާލުވީ މި އަހަރު ފެބްރުއަރީ މަހުގަ އެވެ.

ޒުވާން ޓީމުން މި ފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި އިބޫގެ އިރުޝާދުގެ މަތިން ހޯދި ކާމިޔާބީއާ އެކު އިތުރު ހަރުފަތެއް މައްޗަށް ޖައްސާލައިފައިވާ ކަމަށް ސޮބާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޯޗިން އަށް އިބޫ ނުކުންނަން ނިންމި ހިސާބުން, އެސޯސިއޭޝަނުން އިބޫ އަށް ދޭން ޖެހޭ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

އެ ގޮތުން، މިއީ، އިބޫގެ "ލާނިން ޕްރޮސަސް" (ދަސްކޮށްގެން ކުރިއަށްދިއުމުގެ މަރުހަލާއެއް) އެއް ކަމަށާއި، މިހާރު ވެސް އިބޫ އަންނަނީ ކޯޗިން ކޯހެއް ފުރިހަމަ ކުރަމުން ކަމަށް ސޮބާހުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އިބޫ އަކީ މި ރީޖަންގައި ހުރި އެންމެ ވަރުގަދަ ކޯޗަކަށް ވާނެ ކަމާ މެދު ޝައްކު ނުކުރާނެ ކަމަށާއި، އޭނާގެ ތަޖުރިބާއާ އެކު ޒުވާން ސާފަރުން އިތުރަށް ކުރިއަރާނެ ކަމަށް ސޮބާހު ގަބޫލުކުރެ އެވެ.

އަންނަ އަހަރަށް ސާފިން އެސޯސިއޭޝަނުން އެންމެ ބޮޑު ފޯކަސް އެއް ކުރަން ނިންމާފައިވަނީ ޒުވާން ސާފަރުން އުފެއްދުމާއި، މިހާރު ތިބި ސާފަރުންގެ ފެންވަރު މަތި ކުރުމަށެވެ. އެ ދެކަމުގައި ވެސް އެންމެ ބޮޑު ޒިންމާ އެއް ހަވާލުވާނެ ކޯޗަކީ އިބޫ އެވެ. އަދި ރާއްޖޭން ދެން، އެންމެ އަވަހަށް ހޯސްޓްކުރާނެ އިންޓަނޭޝަނަލް ބޮޑު ސާފިން މުބާރާތަކަށް ވެގެންދާނީ، ޖޫނިއާ މުބާެރާތަކަށް ކަމަށް ވެސް ސޮބާހުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox