އޭޝިއާގެ ސާފިން އިން ފިރިހެން ކެޓަގަރީގެ ހަތަރު ވަނަ ރާއްޖެ އަށް

 އޭޝިއާގެ ސާފިން އިން ފިރިހެން ކެޓަގަރީގެ ހަތަރު ވަނަ ރާއްޖެ އަށް

ކ. ތުލުސްދޫގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ގެ ފިރިހެން ކެޓަގަރީގެ ހަތަރު ވަނަ ރާއްޖެ އަށް ލިބިއްޖެ އެވެ.

މި ފަހަރުގެ މުބާރާތުގައި 20 ގައުމަކުން ވާދަކުރި އެވެ.

މި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ކ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްދިޔައިރު, މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ, ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

މީގެ އިތުރުން، ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދިޔައީ, 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ ކޮލިފިކޭޝަނާވެސް އެކުގަ އެވެ. އެގޮތުން މި މުބާރާތުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ގައުމުތަކަށް އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު ލިބުނެވެ.

އެ ގޮތުން ރާއްޖޭގެ އަންހެން އާއި ފިރިހެން ޓީމުވެސް ވަނީ 2026 ވަނަ އަހަރު ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސް އިން ފުރުސަތު ހޯދައިފަ އެވެ.

މިއަދު ކުރިއަށްދިޔަ ނިމުމުގެ ރަސްމިއްޔާތުގައި ވަނީ މި ފަހަރުގެ މުބާރާތުން ޓީމުތަކުގެ ރޭންކިން އިއުލާންކޮށްފަ އެވެ. އެ ގޮތުން ފިރިހެން ކެޓަގަރީގެ ހަތަރުވަނަ އަށް ރާއްޖެ ދިޔައިރު، އެއް ވަނަ ހޯދާފައިވަނީ އިންޑޮނޭޝިއާ އެވެ. ދެ ވަނައިގައި ޖަޕާން އޮތްއިރު، ތިން ވަނައިގައި އޮތީ ފިލިޕީންސް އެވެ.

މި ފަހަރުގެ މުބާރާތުން ރާއްޖޭގެ ފިރިހެން ޓީމަށް ވަނީ އޭޝިއާގެ ހަތަރުވަނަ ލިބިފައި -- ފޮޓޯ: އަތޫފް އާތިފް / އަދަދު
މި ފަހަރުގެ މުބާރާތުން ރާއްޖޭގެ ފިރިހެން ޓީމަށް ވަނީ އޭޝިއާގެ ހަތަރުވަނަ ލިބިފައި -- ފޮޓޯ: އަތޫފް އާތިފް / އަދަދު

މި ފަހަރުގެ މުބާރާތުން ރާއްޖޭގެ ފިރިހެން ޓީމަށް ވަނީ އޭޝިއާގެ ހަތަރުވަނަ ލިބިފައި -- ފޮޓޯ: އަތޫފް އާތިފް / އަދަދު

މީގެ އިތުރުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ އަންހެން ބައިގެ އެއް ވަނަ ޖަޕާނުން ހޯދިއިރު، ދެ ވަނައިގައި އޮތީ އިންޑޮނޭޝިއާ އެވެ. އަދި ތިން ވަނަ އަށް ޗައިނާ ދިޔައިރު، ހަތަރު ވަނަ ލިބުނީ ފިލިޕީންސް އަށެެވެ.

އަންހެން ބައިގެ ރޭންކިންގައި ރާއްޖެ އޮތީ އަށް ވަނައިގަ އެވެ.

މި މުބާރާތުގެ ފިރިހެން އޯޕަން ޗެމްޕިއަންކަން އިންޑޮނޭޝިއާގެ ޕަޖަރް އަރިޔާނާ ހޯދިއިރު، އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޖަޕާނުގެ މިރާއީ އިކޭޑާ ވަނީ ހޯދައިފަ އެވެ. މީގެ އިތުރުން ޖޫނިއާ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޖަޕާނުގެ ޓާރޯ ޓަކާއީ ހޯދިއިރު، އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހަމަ އެގައުމުގެ އަރީސާ އިޝީ ވަނީ ހޯދައިފަ އެވެ.

އިންޑިވިޖުއަލް ވަނަތަކަށް ބަލާއިރު، ޖަޕާނަކީ މި ފަަހަރުގެ މުބާރާތުގެ އެންމެ ކާމިޔާބު ގައުމެވެ. އަނެއްކޮޅުން، މި ފަހަރުގެ މުބާރާތަކީ، ރާއްޖޭގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްއެއްގެ ފުރަތަމަ ކޮލިފައިން އިވެންޓް އެވެ. އެ ގޮތުން، ޖަޕާނުގައި 2026 ވަނަ އަހަރު ބާއްވާ އޭޝިއަން ގޭމްސްގެ އަންހެން އަދި ފިރިހެން ކެޓަގަރީން ރާއްޖެ ވަނީ ފުރުސަތެއް ހޯދައިފަ އެވެ. އެއީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ރޭންކިން ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox