ސާފިންގެ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް 2026 ވަނަ އަހަރު ބާއްވަން މަސައްކަތް ކުރަނީ

މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ރައީސް ސޮބާހު (ޗޭ) އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ރައީސް ސޮބާހު (ޗޭ) އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ޖެހިޖެހިގެން ދެ އަހަރު، އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ކާމިޔާބު ދެ މުބާރާތް ނިންމާލުމަށް ފަހު، 2026 ވަނަ އަހަރު މި އަށް ވުރެ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރައީސް މުހައްމަދު ސޮބާހް (ޗޭ) ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރާއި މި އަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކ. ތުލުސްދޫގައި ބޭއްވިގެން ދިޔައީ، އެ ރަށުގެ ރައްޔިތުންގެ ބޮޑު އެހީތެރިކަމާއެކު ގައި ކަމަށާއި، ހާއްސަކޮށް މޯލްޑިވްސް ސާފިން އެސޯސިއޭޝަނަށް ތުލުސްދޫ އިން ދިން އެއްބާރުލުން ސޮބާހު ފާހަގަކުރެއްވި އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސޮބާހު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ. އޭގެ ބަދަލުގައި، އަންނަ އަހަރު ސާފިން އެސޯސިއޭޝަންގެ ވިސްނުން ހުރީ ޖޫނިއާ ސާފިންގެ ފެންވަރު ރަނގަޅުކޮށް ޔޫތު ޑިވޮލޮޕްމެންޓް ޕްރޮގްރާމްތައް އިތުރުކޮށް އިތުރު ކުދިން ނެރުމަށް ކަމަށް ސޮބާހު ވިދާޅުވި އެވެ.

"ރާއްޖޭގެ މާލީ ހާލަތު ހުރިގޮތުން އަންނަ އަހަރު ދެން ކުޑަ ބްރޭކެއް ނަގާނީ. އަޅުގަނޑަށް ހީވަނީ އެއީ އެންމެ ރަނގަޅު ގޮތްހެން. އެކަމަކު، 2026 ވަނަ އަހަރު މި ފަދަ އެހެން މުބާރަތެއް ރާއްޖެ އަށް ގެނެވޭތޯ އަޅުގަނޑުމެން މަޝްވަރާ ކުރަމުން މިހާރުވެސް މި ދަނީ" ސޮބާހު ވިދާޅުވި އެވެ.

ސާފިން އެސޯސިއޭޝަނުން 2026 ވަނަ އަހަރު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަމުން އަންނަނީ ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގެ ޓުއާ އެކެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ޒުވާން ސާފަރުންނަށް ބައިނަލްއަގްވާމީ އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެ އެވެ.

މި މަހު ތުލުސްދޫގައި ކުރިއަށް ގެންދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޖޫނިއާ ބައިގައި ރާއްޖޭގެ ސާފަރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެގޮތުން ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގެ ޖޫނިއާ ކެޓަގަރީގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ކަޔާން ޒަކީ ވަނީ ޖާގަ ހޯދައިފަ އެވެ. މި މުބާރާތުގެ ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައި، ރާއްޖޭގެ ތިން ސާފަރުން ވާދަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox